ads
ރައީސް ނަޝީދު އަދި ލަންކާގެ ބޮޑު ވަޒީރު---
ލަންކާއަށް އެހީ ހޯދަން ނަޝީދު އަައްޔަން ކުރުމަކީ ރަނިލްގެ "ސްމާޓް މޫވް" އެއް: ލަންކާ
ސްރީ ލަންކާގެ އިގްސާދު ހަމަޔަކަށް އަޅުވަން، އެހީ ހޯދުމަށް، އެ ގައުމުގެ ސަރުކާރުން، ރާއްޖޭގެ ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އައްޔަން ކުރެއްވުމަކީ އެގައުމުގެ އާ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ "ސްމާޓް މޫވް" އެއް ކަމަށް ކޮލޮމްބޯގައި ހުންނަ ފޮރިން އެޑްވައިޒަރު ޑރ. ޝްރީމަލް ފަނަންޑޯ ވިދާޅު ވެއްޖެ އެވެ.

އިގްތިސާދީ ގޮތުން ބޮޑެތި ކާރިސާއަކާއި ކުރިމަތިލާން ޖެހި، ބޭރުގެ ފައިސާއަށް ޖެހިފައިވާ އަވަށްޓެރި ލަންކާއިން ވަނީ ރައީސް ނަޝީދުގެ އެދިވަޑައިގަތުމަކަށް، ބައިނަލް އަގުވާމީ އެހީ ހޯދުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅެއްގެ ގޮތުގައި، އެމަނިކުފާނު އައްޔަންކުރައްވާފަ އެވެ.

ނަޝީދުގެ ހުށަހެޅުން ގަބޫލު ކުރައްވާ ރަނިލް ނިންމެވި އެ ނިންމުމުގެ މަގުސަދަކީ ކޮބައިތޯ ކޮލޮމްބޯގައި ހުންނަ ފޮރިން އެޑްވައިޒަރު ޑރ. ޝްރީމަލް ފަނަންޑޯއާ އާ ލަންކާގެ ނޫހަކުން ސުވާލުކުރުމުން ވިދާޅުވެފައިވަނީ އެއީ ރަނިލްގެ "ސްމާޓް މޫވްއެއްް" ކަމަށެވެ.

ނަޝީދަކީ ދުނިޔޭގެ ގިނަ ގައުމަތަކާއި ގުޅުން އޮންނަ، ހާއްސަކޮށް ޔޫރަޕްގެ ގައުމުތަކުގައި ނުފޫޒުގަދަ ބޭފުޅެއްކަމަށް ފަނަންޑޯ ވިދާޅުވި އެވެ. 

އަދި އެމަނިކުފާނަކީ ދުރު ވިސްނުފުޅު ހިންގަވާ ބޭރުގެ ގިނަ ގައުމުތަކެއްގެ މެދުގައި މަގުބޫލު ބޭފުޅެއްކަމުން ލަންކާގެ ހާލަތުން އަރައިގަތުމަށް ބޭނުންވާ ބޭރު ފައިސާގެ އެހީ ހޯދުމުގައި މުހިންމު ރޯލެއް ނަޝީދަށް އަދާކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަނަންޑޯ އިތުރަށް ވިދާޅުވީ، ރައީސް ނަޝީދާއި ލަންކާއާއި އޮންނަނީ ވަރަށް ޒަމާންވީ ގުޅުމެއް ކަމަށާއި، އެމްޑީޕީ ފުރަތަމަ އުފެދުނުއިރު ކޮޅުބަށް އަރުވާލެވިގެން ތިބި ދުވަސްވަރު ވެސް ލަންކާއިން އެމަނިކުފާނާއި، އެމްޑީޕީގެ ގިނަ މެމްބަރުންނަށް ހިމާޔަތް ދިންކަމަށެވެ.

އިގްސާދު ހަަމަޔަކަށް އަޅުވަން ބޭނުންވާ ބޭރު ފައިސާ ހޯދުމަށް ލަންކާއިން ދަނީ އެކި ގޮތްގޮތުން މަސައްކަތް ކުރަމުން ނެވެ. އެގޮތުން އެ އަޑިގަނޑުން ލަންކާ ސަލާމަތް ކޮށްދޭ ބަޔަކީ ލަންކާއިން އަބަދު ވެސް އެ ބައެއްގެ އެހީތެރިކަން ހަނދާން ނައްތާނުލާނެ ބަޔެއް ކަމަށް މީގެ ކުރިން އެގައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ. 

މި ދަނޑިވަޅުގައި ލަންކާއަށް ބޭރުގެ މާލީ އެހީ ހޯދައިދިނުމަށް އެހީތެރިވުމުގެ ޝައުގުވެރިކަން ރައީސް ނަޝީދު ފާޅުކުރައްވާ އެ ޒިންމާ އާ ހަވާލުވެވަޑައިގެންއިރު، ލަންކާގެ ހާލަތު ގޯހުން ގޯހަށް ގޮސް މަޝްރަހު ގޯސްވާން ފެށިފަހުން ރައީސް ނަޝީދު އަންނަނީ ލަންކާގެ އިގްސާދު ހަަމަޔަކަށް އެޅުވޭނެ ގޮތްތަކާއި ބެހޭގޮތުން އެކި ގޮތްގޮތުން ޓްވީޓު ވެސް ކުރައްވަމުންނެވެ. 

73%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
9%
ސަތޭކައަކުން ސުމެއް
18%
ވަރަށް ސަލާމް
ކޮމެންޓްސް