އެމްބާޕޭސް އަދި ހާލަންޑުވެސް މި ފަހަރު ރިއާލަކަށް ނުދާނެ
ދެ މީދާ ފެހި ބުޅަލަށްވީވަރުވެސް ރިއާލަށް ނުވި
Share
ފަހު ވަގުތު އެމްބާޕޭ ޕީއެސްޖީގައި މަޑު ކުރަން ނިންމުމާއި އެކު ރިއާލް މެޑްރިޑުން ހޯދަން މަސައްކަތް ކުރި ދެ ކުޅުންތެރިންވެސް ގެއްލިއްޖެއެވެ.
Advertisement

ރިއާލް މެޑްރިޑުން، އެންމެ ފުރަތަމަ ބޮރޫޝިއާ ޑޯޓްމަންޑުގެ ހާލަންޑުގެ ސޮއި ހޯދަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ފަހުން އެ ޚިޔާލު ދޫކޮށްލީ، ޕީއެސްޖީން އެމްބާޕޭ ގެނައުމަށެވެ. އެމްބާޕޭގެ ސޮއި ހޯދަން ހާލަންޑް ދޫކޮށްލުމާއެކު އަންނަ ސީޒަންގައި ހާލަންޑް ކުޅޭނީ މެންޗެސްޓަރ ސިޓީއަށް ކަމަށްވަނީ ނިމިފައެވެ. އެއާއެކު ރިއާލުން ފޯކަސްކޮށްގެން ހުރީ ކޮންމެ ގޮތެއް ހަދާފައިނަމަވެސް އެމްބާޕޭ ގެންނާށެވެ.

ރިއާލުން އެމްބާޕޭ ގެންނަން ބޭނުންވި ނަމަވެސް ޕީއެސްޖީން ތިބީ ޕީއެސްޖީގެ ނަން އެމްބާޕޭއަށް ބަދަލުކޮށްގެން ނަމަވެސް އޭނާ ކްލަބުގައި ހިފަހައްޓާށެވެ. އަދި ފަހު ވަގުތު އެމްބާޕޭވަނީ އުނބަށް ޖަހައި، ޕީއެސްޖީއާއެކު އިތުރު ކޮންޓްރެކްޓެއް ހަދަން ނިންމާފައެވެ.

73%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް