މަރުވެފައިވަނީ ގއ. ވިލިގިލީ ފަޅަށް ވަންނަން އުޅުމުގެ ތެރޭގައި ނެރުގައި ޖެހި ވިއްސައިގެން ކަނޑަށް ވެއްޓުނު ދެމީހެކެވެ.
ފުލުހުން ބުނީ، ނެރުގައި ޖެހުމުން އެދެމީހުން ކަނޑަށް ވެއްޓި ގެއްލުނު ކަމުގެ ރިޕޯޓުވެސް ލިބިފައިވާ ކަމަށާއި ފެނުނުއިރު، ދެމީހުންވެސް މަރުވެފައިވާ ކަމަށެވެ.
ބާކީ ލޯންޗުގައި ތިބި ތިން މީހުންނަށްވެސް ސީރިއަސް ޒަހަމުތަކެއް ލިބިފައިވާއިރު، އެ ތިން މީހުންނަށް ވިލިގިލީ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.
ނެރުމައްޗަށް އެރި ލޯންޗު
މަރުވެފައިވާ މީހުންގެ ތަފްސީލެއް އަދި ނުލިބެއެވެ. މައުލޫމާތު ލިބޭގޮތުން އެ ލޯންޗަކީ ކޫއްޑޫއިން އެރަށަށް ދިޔަ ލޯންޗެކެވެ. އަދި މަރުވި މީހުންގެ ތެރެއިން އެކަކީ ވިލިނގިއްޔަށް ނިސްބަތްވާ މީހެއް ކަމަށް ވެއެވެ.