ads
އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް އިންޑިއާގައި ބޭއްވި އެއްވުމެއްގެ ތެރެއިން-- ފޮޓޯ: ގެޓީ އިމޭޖަޒް
ފުރައްސާރައާ ކުރިމަތިލި އިންޑިއާ ޓީޗަރެއްގެ ގައިގައި ރޯކޮށް މަރާލައިފި
އިންޑިއާގައި ފިރިހެނެއްގެ ފުރައްސާރައާ ކުރިމަތިލާން ޖެހުނު އަންހެން ޓީޗަރެއްގެ ގައިގައި ރޯކޮށްލުމުން މަރުވެއްޖެ އެވެ.

އަންހެން މީހާ ކިޔަވައިދޭ މަހަރާޝްތްރަ ސްޓޭޓުގެ ކޮލެޖަށް ދިޔަ މަގުމަތީގައި ގައިގައި ރޯކޮށްލީ މީގެ ހަފްތާއެއް ކުރިންނެވެ. 

އޭނާ މަރުވީ މިއަދުގެ ވަގުތެއްގަ އެވެ. އޭނާގެ ގައިގައި ރޯކޮށްލީ އެތައް މަހެއް ވަންދެން މަގުމަތިން ފަހަތުން ހިނގާ ފުރައްސާރަކޮށް ހެދި ފިރިހެނެކެވެ.

އެމީހާ މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އެ ހާދިސާ ހިނގި އަވަށުގައި ވަނީ އެ ފިރިހެން މީހާއަށް މަރުގެ އަދަބު ދިނުމަށް ގޮވާލާ ހިނގާލުމެއް ބާއްވާފަ އެވެ. 

އެ ހާދިސާއާ ގުޅިގެން މަހަރާޝްތްރަ ސްޓޭޓުގެ ހޯމް މިނިސްޓަރު ވަނީ ކަންބޮޑުވުން ފާޅުކޮށް، އަންހެން މީހާގެ އާއިލާއަށް ތައުޒިޔާ ފޮނުވާފަ އެވެ. 

މަގުމަތިން ފަހަތުން ހިނގާ ފުރައްސާރަ ކުރުމުގެ މައްސަލައެއް މިދިޔަ ހަފްތާގައި ނިއު ދިއްލީގައި ވެސް ރިޕޯޓުކުރި އެވެ. 

އަންހެން ފުލުހެއް ފަހަތުން ހިނގި ފިރިހެން އިންސްޕެކްޓަރެއް، އަންހެން މީހާގެ ގަޔަށް ބަޑި ޖަހާ މަރާލި މައްސަލަ މިހާރު ދަނީ ބަލަމުންނެވެ. 

ރިޕޯޓުތައް ބުނާ ގޮތުން އެ ފިރިހެން މީހާ އަންހެން މީހާއަށް ފުރައްސާރަ ކުރަމުން ދިޔެއީ އޭގެ އަށް މަސް ކުރިން އެ ދެ މީހުންގެ ލޯބީގެ ގުޅުން މެދުކަނޑާލުމުންނެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް