ads
ހަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ހައްޔަރުކޮށްފި
ރާއްޖޭގެ އުތުރުގެ ރަށެއްގައި ހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައަކާއި ގުޅިގެން ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި ހަ އަހަރުގެ ކުއްޖަކަށް 27 އަހަރުގެ ފިރިހެނަކު ޖިންސީ ގޯނާ ކުރި މައްސަލައެއްގެ ތުހުމަތުގައި އެމީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

އެގޮތުން މިކަމުގެ މައްސަލަ ހުށަހަޅާފައި ވަނީ ހއ، ހދ އަދި ށ އަތޮޅު ހިމެނޭ ޑިވިޝަނުގެ ރަށަކުން ކަމަށް ވެސް ފުލުހުން ބުނެ އެވެ. އެގޮތުން ހައްޔަރުކުރި މީހާއަކީ އެކުއްޖާ ނިސްބަތްވާ ރަށުގެ މީހެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ. 

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް ވަރަށް ސީރިއަސް މައްސަލަތަކުގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މިފަހަކަށް އައިސް ކުޑަ ކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތައް ވަރަށް ގިނައިން އަންނަނީ ފެންމަތިވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް