ads
މިއަދު އެމްއެންޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
އެމްއެންޕީ އާއި ނުލާ ރާއްޖޭގައި ދެން އިންތިހާބު ކާމިޔާބު ނުކުރެވޭނެ: ނާޒިމް
މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އާ ނުލައި ރާއްޖޭގައި ބާއްވާ އެއްވެސް އިންތިހާބެއް ދެން ކާމިޔާބު ނުކުރެވޭނެ ކަމަށް އެޕާޓީގެ ރައީސް މުހައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

އެމްއެންޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ދަނގެތި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަންވެސް ކުރައްވަމުން ގެންދަވާ ނާޒިމް ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ މަޖިލިސް އިންތިހާބުވެސް ސާބިތުވެގެން  ދިޔައީ "ޑިސައިޑިން ފެކްޓަ" އަކީ އެމްއެންޕީ ކަން ކަމަށާއި، އިންތިހާބު ދާނީ އެމްއެންޕީން އެޅި ކޮޅަކަށް ކަން ކަމަށެވެ.

" އަޅުގަނޑުމެން އެޅި އަތަކަށް އިންތިހާބު ބަދަލުވެގެން ދާނީ. އެހެންވީމަ އަޅުގަނޑުމެންނަކީ، މިހާރު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އެމްއެންޕީއާ ނުލާ އެއްވެސް ބަޔަކަށް ރާއްޖޭގެ އިންތިހާބެއް ކާމިޔާބު ނުކުރެވޭ ވަރަށް އަޅުގަނޑުމެނަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެނަށް ކާމިޔާބީ އާއި ހަމަޔަށް ދެވިއްޖެ" ނާޒިމް ވިދާޅުވިއެވެ.

އެ ކަމުގެ މިސާލެއްގެ ގޮތުގައި ނާޒިމް ފާހަގަކުރެއްވީ ނިމިގެންދިޔަ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ވިލިގިލީ ދާއިރާގެ ކައުންސިލު އިންތިހާބެވެ. 

އެ އިންތިހާބުގައި އެމްއެންޕީ އޮތީ އެންމެ ވޯޓެއްގެ ތަފާތުގައި ކަމަށާއި، ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ޕާޓީއާއިއެކު އެންމެ ވޯޓެއްގެ ފަރަގުގައި ހިފަހައްޓާލުމަކީ ޕާޓީއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ނާޒިމް ވިދާޅުވިއެވެ. 

އަދި އެކަމުން ދޭހަވަނީ، ޕާޓީއަށް ގިނަ ބަޔެއްގެ ތާއީދު އެބައޮތްކަން ކަމަށާއި، އެމްއެންޕީއަށް ވަނީ "އެންމެ ވޯޓަކާއި ހަމަޔަށް ކައިރިއަށް ދެވިފަ" ކަން ކަމަށެވެ. 

ނާޒިމް އިތުރަށް ވިދާޅުވީ ކުރިއަށް އޮތް އިންތިހާބުތަކުގައިވެސް ވާދަކުރާނެ ކަމަށެވެ. އަދި މާތްﷲގެ ރަހުމަތްފުޅާއިއެކު ކާމިޔާބު ވެސް ކުރާނެ ކަމަށެވެ.

އެމްއެންޕީގައި މިވަގުތު 8432 މެމްބަރުން އެބަތިއްބެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް