ads
ނާޒިމް މިއަދުގެ ބައްދަލުވުމުގައި
“20 ވަރަކަށް މީހުން މަގުމައްޗަށް ނިކުތީމާ އަދި ސިފައިން ނެރެންޖެހޭ ވަރެއް ނުވޭ”
ސިފައިންނާއި ފުލުހުން މަގުމައްޗަށް ނެރޭވަރު ކަމެއް ރާއްޖޭގައި މިހާރު ހިނގަމުން ނުދާކަމަށާއި، 20 ވަރަކަށް މީހުން ހުއްޓުވަން ސިފައިން ނެރުމުން ފެންނަނީ “ވަރަށް ހުތުރު މަންޒަރެެއް”ކަމަށް ދަނގެތި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު، މުހައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

އެމްއެންޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަައި ނޫސްވެރިއަކު “އިދިކޮޅުން ހިންގާ “އިންޑިއާ އައުޓް” ހަރަކާތާއި ބެހޭގޮތުން މިއަދު ސުވާލުކުރުމުން އެ ޕާޓީގެ ރައީސް ނާޒިމް ވިދާޅުވީ، އެ ހަރަކާތް ހުއްޓުވަން ރައީސް ގަރާރެއް ނެރެން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، ނަމަވެސް ފުލުހުންނަށް ލިބިދީފައިވާ ބާރުގެ ދަށުން އެ ހަރަކާތް ހުއްޓުވޭނެ ކަމަށެވެ. އަދި އެކަން ކުރުމަށް ފުލުހުންނަށް ނާޒިމް ވަނީ އިލްތިމާސްކޮށްފަ އެވެ.

ނަމަވެސް ފެންނަނީ ގަރާރެއްގެ ނިވަލުގައި ތިބެގެން ފުލުހުންނަށް ލިބިފައިވާ ބާރެއްގެ ބޭނުންކުރަން ބިރުން އުޅޭތަންކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ، އެ ހަރަކާތް ހުއްޓުވަން ސިފައިން މަގުމައްޗަށް ނެރެން ވެސް ނުޖެހޭ ކަމަށެވެ.

“ސިފައިންނާއި ފުލުހުން ނިކުމެގެން ހިންގާވަރުގެ އޮޮޕަރޭޝަނެެއް ރާއްޖޭގައި އޮތްކަމަކަށް ގަބޫލެއް ނުކުރަން. އެހާ ރީތި މަންޒަރެއް ނޫން ފެނުނީކީ ސިފައިން ލައްވާ ކުރުވާކަށެއް. ސިފައިންނަކީ ވަކި ހާލަތެއްގަ މެނުވީ މަގުމައްޗަށް ނެރެވޭނެ ބަޔެއްް ނޫން” ނާޒިމް ވިދާޅުވިއެވެ.

ނާޒިމް މިގޮތަށް ވިދާޅުވީ، މިފަހުން އިދިކޮޅު ހަރަކާތެއްގެ ތެރޭ، އަންހެނެއް ފަހަތުން ސިފައިންގެ މީހަކު ދުވި ވާހަކައަށް އިޝާރާތްކުރައްވައެވެ.

ނާޒިމް ވިދާޅުވީ، ސިފައިންނަކީ ފުލުހުންނަށް ކަމެއް ނުވެގެން ފުލުހުންގެ ހިދުމަތުން އެދިގެން ނިކުންނަން ޖެހޭ ބަޔެއް ކަމަށް ގާނޫނޫގައި ބުނާ ކަމަށެވެ. އަދި އެފަދަ ހާލަތެއް ނާންނަކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ، މަގެއްގެ މައްޗަށް 20 ނުވަތަ 30 މީހުން ނިކުތުމަކީ އަދި ސިފައިން ނިކުންނަން ޖެހޭ ވަރު ކަމެއް ނޫން ކަމަށެވެ.

“އަދި ނުފެނޭ އެތަނެއް، މަގެއްގެ މައްޗަށް ވިއްސަކަށް، ތިރީހަކަށް މީހުން ނިކުތުމަކީ އަދި ސިފައިން ނިކުންނަން ޖެހޭވަރު ކަމެއް ނޫން. ފުލުހުނަށް އެކަން ކުރެވޭނެ މަޖިލީހުން ގާނޫނެއްގެ ދަށުން އެވަރުގެ ބާރެއް ފުލުހުންނަށް ދީފަ އޮންނާނެ، އެ ގާނޫނުގެ ތެރެއިން ކަންކަން ތަންފީޒު ކުރެވެން ޖެހޭނެ” ނާޒިމް ވިދާޅުވިއެވެ.

ނާޒިމް އިތުރަށް ވިދާޅުވީ، “އިންޑިއާ އައުޓް” ހަރަކާތާއި ގުޅިގެން އެ ޕާޓީގެ މިއަދުގެ ސްޑޭންޑަކީވެސް، ވަކި ގައުމަކާއި ޖައްސާލައިގެން އަމިއްލަ ސިޔާސީ ފައިދާއަށް ކުރާ އެފަދަ ކަންކަމާއި ދެކޮޅު ކަމަށް މީގެ ކުރިންވެސް ބުނި ސްޓޭންޑް ކަމަށެވެ.

ނަމަވެސް އެހެންގައުމެއްގެ ސިފައިން ރާއްޖޭގައި ތިބެންވެސް އަދި ވަކި ގައުމަކަށް އެކަނި ބަރޯސާވުމަކީވެސް އެޕާޓީން ތާއީދުކުރާ ކަމެއް ނޫންކަމަށް ވިދާޅުވިއެވެ.

57%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
43%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް