ads
މަރުވި މުހައްމަދު ހަސަން
ކުޅުދުފުށީ ހޮސްޕިޓަލުގެ ސީނިއާ މުވައްޒަފަކު ފުޓްބޯޅަ ކުޅެން ހުއްޓާ ނިޔާވެއްޖެ
ހދ. ކުޅުދުފުށީ ހޮސްޕިޓަލަށް ދިގުމުއްދަތެއްގައި ހިދުމަތްކޮށްދީފައިވާ އެ ހޮސްޕޮޓަލުގެ ސިނިއަ ލެބޯޓަރީ ޓެކްނީޝަނެއްގެ މަގާމު ފުރުއްވަމުންދިޔަ އެރަށު މުހައްމަދު ހަސަން(ސެންޓަރު މުހައްމަދު) ފުޓްބޯޅަ ކުޅެން ހުއްޓައި ހާޓުއެޓޭކެއްޖެހިގެން ނިޔާވެއްޖެ އެވެ.

މައުލޫމާތު ލިބޭގޮތުގައި 49 އަހަރުގެ ސެންޓަރު މުހައްމަދު ފުޓްބޯޅަ ކުޅެން ހުއްޓައި ކުއްލިއަކަށް ހާޓުއެޓޭކެއް ޖެހި ދަނޑުމައްޗަށް ވެއްޓުމުން އެތަނުގައި އެވަގުތު ހުރި ޑޮކްޓަރު އޭނާ ބެލިއިރުވެސް ވިންދު ނެތެވެ. 

އެއަށްފަހު ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް ހޮސްޕިޓަލުން ވަނީ އޭނާ ނިޔާވެފައިވާކަން ކަށަވަރުކޮށްދީފަ އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނީ، ސެންޓަރު މުހައްމަދަކީ ދިގު މުއްދަތަކަށް އެރަށު ރީޖަނަލް ހޮސްޕިޓަލަށް ނުހަނު އަގުހުރި ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. 

އޭގެތެރޭގައި ހޮސްޕިޓަލުގެ ޒންމާދާރުވެރިޔެއްގެ މަގާމު ގިނަދުވަސްތަކެއް ވަންދެން އަދާ ކުރެއްވާފައިވެއެވެ.

އޭނާ މިއަދު ކުއްލިއަކަށް ނިޔާވިއިރު، ހުންނެވީ ސީނިއަ ލެކޯޓް ޓެކްނީޝަނެއްގެ މަގާމުގައެވެ.

ސިއްހީ ދާއިރާއަށް 25 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރެއްވި މުހައްމަދު ނިޔާވުމަކީ އެ ދާއިރާއަށް ލިބުނު ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެެއް ކަމަށް ހޮސްޕިޓަލުން ބުންޏެެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް