ads
ރޫމީ
ޝަރުތަކެއްކޮށްފަ ރޫމީ އާއި ފިރިމީހާވެސް ދޫކޮށްލައިފި
މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ދިވެހީންގެ ތެރޭގައި ޓިކްޓޮކިން މަޝްހޫރުކަން ހޯދާފައިވާ ފާތިމަތު ރޫމާ (ޕްރިޓީ ރޫމީ) އާއި އޭނާގެ ފިރިމީހާ ވެސް ދޫކޮށްލައިފި އެވެ.

އެދެމީހުން ބަންދުން ދޫކޮށްލީ، ތުހުމަތުކުރެވޭ މައްސަލައާ ގުޅޭ ކޮންމެވެސް ވަރެއްގެ ހެކި ހުރި ނަމަވެސް ޝަރުތުކޮށްފައި ދޫކޮށްލުމަށް ފުލުހުންގެ އެއްވެސް އިއުތިރާޒެއް ނެތުމުންނެވެ.

އެދެމީހުން ދޫކޮށްލީ ޝަރުތުކޮށްފަ ކަމަށް ފުލުހުން ބުނިނަމަވެސް ކުރި ޝަރުތަތަކުގެ ތަފްސީލު ދިނުމަށް ފުލުހުން ވަނީ ދެކޮޅު ހަދާފަ އެވެ. 

ވިދާޅުވީ، ޝަރުތުތައް ކޯޓުން ޗެކުކުރުމަށް އެދޭ ކަމަށެވެ. މިކަމާއި ގުޅިގެން ކޯޓަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދޭތީ އެ ޝަރުތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ.

ރޫމީ ހައްޔަރުކުރީ ސެނަހިޔާ ކައިރީ ހުރި ގެ އެއްގެ ތެރެއިން މިމަަހުގެ 11ވަނަ ދުވަހު އެވެ. ފުލުހުން ވަނީ އެ ގޭ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް