ބެންކް އޮފް މޯލްޑިވްސްގެ މޯބައިލް އެޕްލިކޭޝަން އަޕްގްރޭޑުކޮށް މޯބައިލް އެޕްލިކޭޝަން އަށް ޑިޖިޓަލް ވޮލެޓް ތައާރަފް ކޮށްފި އެވެ.

Advertisement
މި ޙީދުމަތަކީ ވޮލެޓުން ވޮލެޓަށް ފައިސާ ޓްރާންސްފާ ކުރާ ހިދުމަތެކެވެ. މީގެ އިތުރުން އެކައުންޓް ނަމްބަރ ސޭވް ނުކޮށް "ކޮންޓެކްޓްލެސް" ޕޭމަންޓް ހިދުމަތް ލިބިގެންދާނެ ކަމަށް ބެންކް އޮފް މޯލްޑިވްސް އިން ވަނި ބުނެފައެވެ.
ބެންކް އޮފް މޯލްޑިވްސް އިން ބުނީ އަލަށް ގެނައި މި ބަދަލާއިއެކު މޯބައިލް އެޕް ބޭނުންކުރަމުންދާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
ބީއެމްއެލް އެޕްލިކޭޝަން އަށް އަލަށް ގެނައި ބަދަލު ތަކަކީ
- ސްކޭން ޓު ޕޭ: ޕީއޯއެސް ޓަރމިނަލް މެދުވެރިކޮށް "ސްކޭން ޓު ޕޭ" ނެންގެވުމަށްފަހު ނުވަތަ މަރޗަންޓް މެދުވެރިކޮށް ބީއެމްއެލް ކިއުއާރު ސްޓިކަރ ބޭނުންކޮށްގެން ކާޑާއި ނުލައި ބީއެމްއެލް މޯބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ރައްކާތެރިކަމާއެކު ކަސްޓަމަރުންނަށް ފައިސާ ދެއްކުން.
- ޓެޕް ޓު ޕޭ: ކަސްޓަމަރުންގެ އެންއެފްސީގެ ހިދުމަތް ހިމެނޭ ފޯން ޕީއޯއެސް މެޝިން ގައި ޖައްސާލުމުން ކާޑާއި ނުލައި ބީއެމްއެލް މޯބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ރައްކާތެރިކަމާއެކު ކަސްޓަމަރުންނަށް ފައިސާދެއްކުން
- މޯބައިލް ކީ-އިން: ޕޭމަންޓެއް ހެދުމުގެ ކުރިން، ކަސްޓަމަރުންނަށް 'މޯބައިލް ކީ-އިން' ނެންގެވުމަށްފަހު ފޯނު ނަންބަރު ޖެހުމުން ފައިސާ ދެއްކުމަށް ރިކުއެކްސްޓެއް ލިބޭނެއެވެ. މި ރިކުއެސްޓް އެޕްރޫވް ކުރުމުން ޕީއޯއެސް ޓަރމިނަލް މެދުވެރިކޮށް ފައިސާ ދެއްކުމެވެ.
ބެންކް އޮފް މޯލްޑިވްސް އިން ދަނީ އެބޭންކުން ދެމުން ގެންދާ ޙިދުމަތްތައް ދުވަހެއް ދުވަހަަށް ފުޅާކުރަމުންނެވެ.