ads
ޒިޔަދަމްގެ މަރުގެ ދައުވާ ލިބޭ މުހައްމަދު ޝަނޫން
ޒިޔަދަމްގެ މަރު: ހުލާސާ ބަޔާން އަންނަ މަހުގައި ބާއްވާނަން: ކްރިމިނަލް ކޯޓު
ލ. މުންޑޫ، ނޫވިލު، އަލީ ޒިޔަދަމް މަރާލި މައްސަލާގައި ދެން އޮންނާނީ ހުލާސާ ބަޔާން އިއްވުން ކަމަށާއި، ހުލާސާ ބަޔާން ހުށަހެޅުމުގެ އަޑުއެހުން ދެން އަންނަ މަހުގައި ބާއްވާނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ތޫނު އެއްޗަކުން ބަޔަކު ހަމަލާދީ ޒިޔަދަމް މަރާލާފައިވަނި 20 މާޗް 2015 ވަނަ ދުވަހުގެ ރޭ މުންޑޫ ވަގުތީ ހިޔާގޭ ކައިރިން ހިނގާފައި ދަނިކޮށް، އޭނާގެ ކަރަށާއި ބުރަކަށްޓަށް އަދި ފަލަމަސްގަނޑަށް މަސްކަނޑާ ވަޅިއަކުން ހަމަލާދީގެންނެވެ.

މި މައްސަލައިގައި ދައުލަތުން ގަސްތުގައި މީހަކު މަރާލިކަމުގެ ދައުވާ އުފުލާފައިވަނީ ލ. މުންޑޫއަށް ނިސްބަތްވާ ޝިފާމް އާއި ޝަނޫނުގެ މައްޗަށެވެ. މީގެ އިތުރުން ޝަނޫނުގެ މައްޗަށް ވަނީ ބިރު ދެއްކުމާޢި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާވެސް އުފުލާފަ އެވެ. 

މި މައްސަލައަށް ގޮތެއް ނުނިމި ހަ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާތީ މި މައްސަލައަށް އަވަހަށް ގޮތެއް ނިންމުމަށް މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ޝަފީއު ވަނީ ނިންމަވާފަ އެވެ. 

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުންވެސް ކެންސަލް ކޮށްފައިވާއިރު މިއަދުގެ އަޑުއެހުން ކެންސަލްކޮށްފައިވަނީ ދައުވާ އުފުލާފައިވާ ޝަނުންގެ ބޮލުގައި ރިއްސާކަމަށް ބުނުމުން އަޑުއެހުން އެހެން ދުވަހަކަށް ފަސްކުރުމަށެވެ. 

މިގެ ކުރިން ކްރިމިނަލް ކޯޓުގައި ތިން ފަހަރަކު ތިން ގާޒީއެއް މި މައްސަލަ ބަލާފައިވެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް