ads
ފޮޓޯ: ސައުދީ ގެޒެޓް
ސައުދީ ރައްޔިތުން އިންޑިއާއަށް ދަތުރު ކުރުން މަނާ ކޮށްފި
އިންޑިއާ އާއި އިތުރު 15 ގައުމަކަށް ސައުދީ އަރަބިއްޔާގެ ރައްޔިތުން ދަތުރުކުރުން ސައުދީގެ ޑިރެކްޓްރޭޓް އޮފް ޕާސްޕޯޓްސް އިން މަނާ ކޮށްފި އެވެ.

ސައުދީ ސަރުކާރުން އެގައުމުގެ ރައްޔިތުން މި ގައުމުތަކަށް ދަތުރުކުރުން މަނާ ކުރީ، މި ގައުމު ތަކުގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވާން ފެށުމާއި ގުޅިގެން އަޅާ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުގައި ކަމަށް އެގައުމުން ވަނީ ބުނެފަ އެވެ. 

އެގޮތުން އިންޑިއާ، ވެނެޒުއޭލާ، ބެލަރޫސް، އަފްގާނިސްތާން، ސޫރިޔާ، ލުބުނާނު، ޔަމަން، އިތިއޯޕިއާ، ސޯމާލިއާ، ލީބިޔާ، ކޮންގޯ، ވިއެޓްނާމް، އަރްމޭނިޔާ، ތުރުކީ، އިރާން އަދި އިންޑޮނޭޝިއާ އަށް ސައުދީ ރައްޔިތުން ދަތުރުކުރުން ވަނީ މަނާ ކޮށްފަ އެވެ. 

ސައުދީ އިން ބުނީ، މި ގައުމުތަކަށް ދަތުރުކުރުން މަނާ ކުރީ އެގައުމު ތަކުގައި އަނެއްކާވެސް ކޮވިޑް ހަލުވި ކަމާއި އެކު ފެތުރެން ފެށުމުން ކަމަށެވެ. އަދި އެގައުމުގެ ރައްޔިތުންގެ ސިއްހަތާއި މެދު ސަރުކާރުން އަބަދުވެސް ވިސްނާނެ ކަމަށާއި، މި ގައުމުތައް ލިސްޓުން ނަގަންދެން އެގައުމުތަކަށް އެއްވެސް ބޭނުމަކު ސައުދީ ރައްޔިތުންނަށް ދަތުރު ނުކުރެވޭނެ ކަމަށެވެ. 

އަދި ކުރިއަށް ހުރި ދުވަސްތަކުގައި ކަންކަން ބެލުމަށްފަހު އެގައުމުތަކަށް ދަތުރު ކުރުމާއި މެދު އަލުން ގޮތެއް ނިންމާނެ ކަމަށާއި، އެހެން ކަމުން ހުރިހާ ފަރާތްތަކުންވެސް މިކަމަށް ސަމާލުކަން ދިނުމަށް ވަނީ އަންގާފަ އެވެ. 

އަދި މިގައުމު ތަކުން ސައުދީ އަށް އަންނަ ފަރާތްތައް އެގައުމުން ކަނޑައަޅާ ތަނެއްގައި ކަރަންޓީނު ވާންޖެހޭނެ ކަމަށާއި، ކަރަންޓީނު ނިމުމުން ކޮވިޑް އަށް ޓެސްޓު ކުރުމަށްފަހު ނަތީޖާ ނެގެޓިވް ވާނަމަ ދޫކޮށްލާނެ ކަމަށް ވަނީ ބުނެފަ އެވެ. 

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް