ads
ގަވަރުނަރު އަލީ ހާޝިމް
ލަންކާއަށް ވީގޮތް ރާއްޖެއަށް ވެދާނެ: ގަވަރުނަރު
ރިސޯޓްތަކުގެ ކުލި ކުޑަކުރުމުން ސްރީލަންކާގެ އިގްތިސާދަށް ވީގޮތް ރާއްޖެއަށްވެސް ވެދާނެކަމަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގައި ވަނީ ރިސޯޓުތަކުގެ ބިމު ކުލި ކުޑަކުރުމަށް ޓޫރިޒަމް ގާނޫނަށް އިސްލާހެއް ހުށަހަޅާފަ އެވެ. 

ރައްޔިތުންގެ މަޖިލީޙުގެ އިގްތިސާދީ ކޮމެޓީގައި މި ބިލާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ހާޝިމް ވިދާޅުވީ ރިސޯޓުތަކުގެ ބިމުގެ ކުލި ކުޑަކުރުމަކީ ރާއްޖޭގެ އިގްތިސާދަށް އޭގެއިން ނުރަގަޅު އަސަރުތަކެއް ކޮށްފާނެ ކަމެއް ކަމަށެވެ. 

"ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން މުޅި ދުނިޔޭގެ އިގްތިސާދަށް ބަދަލުތަކެއް އަންނަމުންދާ އިރު ރާއްޖޭގެ އާމްދަނީ އަށް ހުރަސް އެޅޭ ކަހަލަ ކަންކަން ކުރުން އެއްގޮތަކަށް ވެސް ރަނގަޅު ނޫން." ގަވަރުނަރު ވިދާޅުވި އެވެ. 

ގަވަރުނަރު ވިދާޅުވީ ޔޫކްރެއިން ހަގުރާމައާއި ގުޅިގެން ސަޕްލައިއަށް ސައިޑް އިފެކްޓް އަންނަމުންދާ ކަމަށާއި، އަވަށްޓެރި ލަންކާ އަށްވެސް މި މައްސަލަ ދިމާވެފައިވާ ކަމަށެވެ. 

ރިސޯޓުތަކުގެ ބިމު ކުލި ކުޑަ ކުރަން ހުށަހަޅާފައިވާ ބިލަށް އިޝާރާތްކުރައްވާ ގަވަރުނަރު ވިދާޅުވީ މިފަދަ ބިލެއް ހުށަހެޅުމުގެ ކުރިން ދައުލަތުގެ އާންމުދަނީއަށް އަތުވެދާނެ ބަދަލުތަކުގެ ތަފްސީލް ރިޕޯރޓެއް ހެދުން މުހިންމު ކަމަށެވެ. 

ރިސޯޓް ކުލި ކުޑަކުރުމަކީ ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑުބައެއް ގެއްލިގެންދާނެ ކަމެއް ކަމަށް ބުނެ، އިގްތިސާދީ ތަޖުރިބާކާރުން އަންނަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.

10%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
30%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް