ads
މާލެ
މުޅި މާލެ އިން ކަރަންޓު ކެނޑިއްޖެ
މާލޭގެ ހުރިހާ ހިސާބަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.

ރޭ ފަތިހުވެސް މާލޭގެ ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް ވަނީ މެދުކެނޑިފަ އެވެ. އެކަމާއި ގުޅިގެން ސްޓެލްކޯ އިން ބުނީ ކަރަންޓު ކެނޑުނީ އާތު ފޯލްޓަކުން ކަމަށެވެ. 

އެހެންނަމަވެސް ހެނދުނު 07:00 ހާއިރު އަނެއްކާވެސް މުޅި މާލެ އިން ވަނީ ކަރަންޓު ކެނޑިފައެވެ. 

ސްޓެލްކޯ އިން ބުނީ، ލަ‏ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މިވަގުތު މުޅިމާލެެއިން ވަނީ ކަރަންޓު ކެނޑިފައި ވާކަމަށާއި، ވީއެންމެ އަވަހަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

މިކަމާއި ގުޅިގެން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް މިއަދު ވިދާޅުވީ، ކަރަންޓް ކެނޑުމަށް ދިމާވި ފޯލްޓް އައިޑެންޓިފައި ކުރެވިފައި ވާކަމަށެވެ. 

"އަށް ވަނަ ފީޑާ އިން ސްވިޗް ގިއާއެއްގެ މައްސަލަ ޖެހުނީ. މިހާރު ފީޑާތައް ޖައްސަމުން މިދަނީ. އަދި އެއް ސްވިޗް ގިއާއެއްގެ ކޭބަލް އެހެން ގިއާއަކާ ގުޅުމުގެ މަސައްކަތް ދަނީ ކުރަމުން،" ޝަރީފް ވިދާޅުވި އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް