ads
މުދާ އަރުވައިގެން މަޑުކުރާ ފިކަޕް/ލޮރީފަދަ އުޅަނދުތަކުން ވައްކަން ކުރަނީ މުދާ ބާލަން ނުވަތަ އަރުވަން މަޑުކޮށްގެން އޮއްވާ
މުދާ އަރުވައިގެން ދަތުރުކުރާ އުޅަނދުތަކުން ވައްކަންކުރާތީ ސަމާލުވާން އަންގައިފި
މުދާ އަރުވައިގެން ދަތުރުކުރާ ޕިކަޕު އަދި ލޮރީ ފަދަ އުޅަނދުތަކުން ވައްކަން ކުރަމުންދާކަމުގެ މައްސަލަ ފުލުހުންނަށް ލިބެމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުުހުން އަންގައިފި އެވެ.

ފުލުހުން ބުނީ، މުދާ އަރުވައިގެން ދަތުރުކުރަމުންދާ ޕިކަޕު ނުވަތަ ލޮރީ މަގުމަތީގައި މަޑުކޮށްގެން އޮންނައިރު އެ އުޅަނދުތަކުގައި ހުންނަ މުދާ ވަގަށްނަގަމުންދާ ކަމަށެވެ.

އެންމެ ފަހުން ރިޕޯޓުކޮށްފައިވާ މިފަދަ މައްސަލައަށް ބަލާއިރު، ވަގަށް ނަގާފައިވަނި ސިނގިރެޓް ކޭސްތަކެއް ކަމަށް ފުލުހުން ބުނެއެވެ.

އެހެންކަމުން، މުދާ އަރުވައިގެން ދަތުރުކުރާ ފަރާތްތަކުން މިފަދަ ކަންކަމަށް ސަމާލުކަންދީ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް