ads
ނޫސްވެރިކަމަުގެ މިނިވަންކަން ދަމަހައްޓައިދިނުމަށް ގޮވާލާ ކުރި އަޑުއުފުލުމެއްގެ ތެރެއިން: ފައިލް ފޮޓޯ
ނޫސްވެރިންނަށް ބިރު ދައްކާނަމަ ފިޔަވަޅުއަޅަން އައިއެފްޖޭ އިން ގޮވާލައިފި
ނޫސްވެރިކަމުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ބިރުދެއްކުމުގެ އަމަލުތައް ނުހިންގުމަށް ނޫސްވެެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ ބައިނަލްއަޤުވާމީ އެންމެ ބޮޑު ޖަމުއިއްޔާ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން ގޮވާލައިފިއެވެ.

އައިއެފްޖޭ އިން މިގޮތަށް ގޮވާލާފައިވާއިރު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މާލޭގައި ކުރިއަށްގެންދިޔަ "އިންޑިއާ އައުޓު" ހަރަކާތް ކަވަ ކުރަން ދިޔަ ބައެއް ނޫސްވެރިންނަށް ފުލުހުންގެ ފަރާތުން އިންޒާރުތަކެއްދީފައިވާ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. 

އައިއެފްޖޭއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ، މިމައްސަލަ މޯލްޑިވްސް ޖާނަލިސްޓް އެެސޯސިއޭޝަން (އެމްޖޭއޭ)ގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. 

ނޫސްވެރިންނަކީ މިނިވަން ބައެއްގެ ގޮތުގައި ޒިންމާދާރު މަސައްކަތްތަކެއް ކުރާ ބައެއްކަން ފާހަގަކޮށް، މި ބަޔާނުގައި ބުނެފައިވަނީ ނޫސްވެރިންނަށް އިންޒާރުދީ ބިރު ދައްކާ މިފަދަ މައްސަލަތައް ބެލުމަށްފަހު ފިޔަވަޅު އަޅައިދިނުމަށް ދިވެހި ސަރުކާރަށް ގޮވާލާ ކަމަށެވެ. 

އިއެފްޖީއޭއިން ނޫސްވެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް ގޮވާލާ މިފަދަ ބަޔާނެއް ނެރެފައިވާއިރު މީގެ ކުރިންވެސް ވަނީ ނޫސްވެރިންނަށް މުޒާހަރާތަކުގެ ތެރެއިން ބިރުދައްކައި ފުރައްސާރަ ކުރާ މައްސަލަތަށްވެސް ޖާނަލިސްޓް އެސޯސިއޭޝަނަށް ހުށަހެޅިފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް