ads
ހޯދަމުންދާ އަންހެން މީހާ
މާލެ ގެއަކުން ވައްކަންކޮށް ފިލައިގެން އުޅޭ އަންހެނަކު ހޯދަނީ
މާލެ ގެއަކުން ވައްކަންކޮށްގެން ފިލައިގެން އުޅޭ މައްސަލައަކާއި ގުޅިގެން އަންހެނަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ފުލުހުން ބުނީ، އުމުރުން 33 އަހަރުގެ ލ. ކުނަހަންދޫ / ބަހާރުގެ، ސަލީމާ އަދުނާން ކިޔާ އަންހެނެއް ކަމަށެވެ. 

އޭނާގެ ފޮޓޯ އާއްމުކޮށް ފުލުހުން ކުރި އިއުލާންގައި ބުނެފައިވަނީ، ސަލީމާ އަކީ މާލެ ގެއަކުން ވައްކަންކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ މީހެއް ކަމަށެވެ. 

އަދި އޭނާ އުޅޭ ވަކި ތަނެއް އާއިލާއަށްވެސް ނޭނގޭ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ވައްކަމުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ ދަށުން ތަހުގީގަށް ހާޒިރުވުމަށް އަންގައި ކޮށްފައިވާ އެއިލާންގައި އޭނާއަށް ވަނީ މިމަހުގެ 31 ވަނަ ދުވަހުގެ 10:00 އަށް، މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އާއްމުކޮށް އަންގާފަ އެވެ. 

އަދި އޭނާ ހޯދުމުގައި އެހީތެރިވުމަށް އެދި ފުލުހުން ބުނީ، އޭނާއާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށެވެ

ހޯދަމުންދާ މީހާގެ ވަނަވަރު
  • ލ. ކުނަހަންދޫ / ބަހާރުގެ، ސަލީމާ އަދުނާން (33އ)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A139335
  • ހާޒިރުކުރެވޭ ހައިސިއްޔަތު: މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް/ ބަޔާން ނެގުމަށް
50%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
38%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް