ads
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން--
ކައުންސިލަރުންގެ މުސާރައިގެ އާ އޮނިގަނޑުގެ ތަފްސީލު ހޯދަނީ
ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ނިންމި ނިންމުމުގެ ތަފްސީލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފި އެވެ.

މާލިއްޔަތު ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި މެމްބަރުން ވަނީ ކައުންސިލުތަކުގެ މެމްބަރުންގެ މުސާރަ ބޮޑުކުރަން ނިންމި ނިންމުމުގެ ތަފްސީލު ބޭނުންވާ ކަމަށް ބުނެފަ އެވެ. އަދި މެމްބަރުން ވަނީ މެމްބަރުންގެ މުސާރަ ބޮޑުކުރަން ނިންމި ނިންމުމަކީ އިގްތިސާދީ ގޮތުން ކުރެވިދާނެ ކަމެއްތޯ ވެސް ސުވާލު އުފައްދާފަ އެެވެ.

އެ މަޝްވަރާތަކަށް ފަހު މާލިއްޔަތު ކޮމިޓީން ވަނީ ޕޭ ކޮމިޝަންގެ މެންބަރުން އެ ކޮމެޓީއަށް ހާޒިރުކުރުމަށް ނިންމާފަ އެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ލޯކަލް ކައުންސިލު އިންތިހާބު ބާއްވަން ނިންމާފައިވާއިރު ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ނިންމިކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހާމަކުރެއްވީ ހދ. ކުޅުދުއްފުށި ސިޓީގައި ބޭއްވި "ތިލަދުންމަތި އިރުވައި ކޮންފެރެންސް"ގައި ބައިވެރި ވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ކައުންސިލް އިންތިހާބަށްފަހު ސިޓީ ކައުންސިލްގެ މޭޔަރަށް މަހަކު 40،000 ރުފިޔާ ޑެޕިއުޓީ މޭޔަރަށް މަހަކު 35،000 ރުފިޔާ އަދި ސިޓީ ކައުންސިލްގެ ކައުންސިލަރަކަށް 30،000 ރުފިޔާ މުސާރައިގެ ގޮތުގައި މަހަކު ދިނުމަށް ހުށަހަޅާފައިވެ އެވެ.

އަތޮޅު ކައުންސިލްގެ ރައީސްއަށް މަހަކު 28،000 ރުފިޔާ، ރަށު ކައުންސިލްގެ ރައީސްއަށް 23،000 ރުފިޔާ، ރަށު ކައުންސިލްގެ ނައިބް ރައީސް އަށް 15،000 ރުފިޔާ އަދި ރަށު ކައުންސިލްގެ ކައުންސިލަރަކަށް 12،000 ރުފިޔާ މަހަކު ލިބޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކައުންސިލަރުންގެ މުސާރަތައް ކަނޑައަޅާފައިވަނީ ދައުލަތަށް ލިބޭ އާމްދަނީ އަށް ވެސް ބަލައިގެން ކަމަށެވެ. އަމްދަނީ އަށް އަންނަ ބަދަލަކާ ގުޅިގެން މުސާރަތައް މުރާޖައާ ކުރެވިދާނެ ކަމަށާއި މަޖިލިސް ހުޅުވުމާއެކު ކައުންސިލަރުންގެ މުސާރައިގެ އޮނިގަނޑާ މެދު ގޮތެއް ނިންމާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އެރޭ ރައީސް ވިދާޅުވި އެވެ. 

ސަރުކާރު ވެރިކަމާ ހަވާލުވިއިރު ރަށު ކައުންސިލްތަކުގެ ރައީސުންނަށް މުސާރައިގެ ގޮތުގައި ދެނީ މަހަކު 15،000 ރުފިޔާ އެވެ. ރަށު ކައުންސިލްގެ ނައިބް ރައީސަށް 12،000 ރުފިޔާ އަދި ރަށު ކައުންސިލްގެ ކައުންސިލަރަކަށް ދެމުން އައީ 10،000 ރުފިޔާ އެވެ. ނަމަވެސް ރައީސް ސޯލިހް މިހާރު ވަނީ ރަށު ކައުންސިލްގެ ރައީސަކަށް 23،000 ރުފިޔާ، ނައިބް ރައީސަކަށް 15،000 ރުފިޔާ އަދި މެންބަރަކަށް 12،000 ރުފިޔާ ދިނުމަށް ހިމަނުއްވާ މަޖިލީހަށް ހުށަހަޅުއްވާފަ އެވެ.

މިސަރުކާރު ވެރިކަމާ ހަވާލުވިއިރު ސިޓީ ކައުންސިލްގެ މޭޔަރުންނަށް މުސާރައިގެ ގޮތުގައި މަހަކު ދެމުންދިޔައީ މޭޔަރަށް 18،000 ރުފިޔާ، ޑެޕިއުޓީ މޭޔަރަށް 14،000 ރުފިޔާ އަދި ސިޓީ ކައުންސިލްތަކުގެ ކައުންސިލަރުންނަށް 11،5000 ރުފިޔާ އެވެ. އެކަމަކު ރައީސް ސޯލިހްގެ ވެރިކަމުގައި ވަނީ މޭޔަރުންނާއި ޑެޕިއުޓީ މޭޔަރުންނާއި މެންބަރުންގެ މުސާރަ ބޮޑުކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް