ads
މޯލްޑިވިއަންގެ އެޕް ލޯންޗްކުރުމަށްފަހު އެމްޑީ ރިޒްވީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ފޮޓޯ: ސީއެންއެމް
މޯލްޑިވިއަންގެ ޓިކެޓް ގަތުމަށް ފަސޭހަކޮށްދިނުމަށް މޯބައިލް އެޕެއް ތައާރަފްކޮށްފި
މޯލްޑިވިއަންގެ ޓިކެޓް ގަނެވޭ މޯބައިލް އެޕްލިކޭޝަނެއް މިއަދު ތައާރަފްކޮށްފި އެވެ.

މޯލްޑިވިއަންގެ ޓިކެޓް ގަނެވޭ މޯބައިލް އެޕްލިކޭޝަނެއް މިއަދު ތައާރަފްކޮށްފި އެވެ.

މި އެޕްލިކޭޝަން މިއަދު ތައާރަފްކޮށްދެއްވީ މޯލްޑިވިއަންގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒުވީ އެވެ.

މިރަސްމިއްޔާތުގައި ރިޒްވީ ވިދާޅުވީ އެކުންފުނީގެ ހިދުމަތްތައް ހޯދާ ކަސްޓަމަރުންނަށް ފަސޭހައިން ހިދުމަތްތައް ހޯދޭނެ އިންތިޒާމެއް ހަމަޖެއްސުމަށް އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މޯބައިލް އެޕްލިކޭޝަނެއް މިއަދު ތައާރަފް ކުރީ ވެސް ފަސޭހަކޮށްދިނުމަށް ކަމަށާއި މި އެޕްލިކޭޝަން މެދުވެރިކޮށް ރީފަންޑް ކުރުން ފަދަ ހިދުމަތްތައް ފަހުން ލިބިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ. 

ރިޒްވީ ވިދާޅުވީ މޯބައިލް އެޕްލިކޭޝަނެއް މިއަދު ތައާރަފް ކުރި ނަމަވެސް ވައިބާ މެދުވެރިކޮށާއި ކޯލް ސެންޓަރަށް ގުޅައިގެންވެސް މޯލްޑިވިއަންގެ ޓިކެޓް ގަނެވޭނެ ކަމަށެވެ.  

އެޕަލް ސްޓޯރުންނާއި ގޫގުލް ޕްލޭ ސްޓޯރުން މި އެޕްލިކޭޝަން ޑައުންލޯޑް ކުރެވޭނެ އެވެ. މި އެޕް މެދުވެރިކޮށް މޯލްޑިވިއަންގެ ފެއާތައް ބަލާލުމުގެ ފުރުސަތާއި، ޓިކެޓް ބުކްކުރުމާއި، ޓިކެޓް ގަތުމަށް ފައިސާ ދެއްކުމާއި، ކުރިން ދަތުރުކުރި މަންޒިލްތަކުގެ ހިސްޓްރީ ބަލާލުމާއި، ދަތުރު ޕްލޭން ކޮށްލުމުގެ ފުރުސަތު ލިބިގެންދެ އެވެ. 

ރާއްޖޭގައި ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ އެއާލައިންތަކުގެ ތެރެއިން މޯލްޑިވިއަން އަކީ ރާއްޖޭގެ ހުރިހާ އެއާޕޯޓްތަކަށް ދަތުރުކުރާ ހަމައެކަނި އެއާލައިނެވެ. މީގެއިތުރުން މޯލްޑިވިއަން އިން ގެންދަނީ ޗައިނާ، ތައިލޭންޑް، އިންޑިއާ އަދި ބަންގްލަދޭޝް އަށް ދަތުރުކުރަމުންނެވެ.

0%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
57%
ސަތޭކައަކުން ސުމެއް
29%
ވަރަށް ސަލާމް
ކޮމެންޓްސް