ads
ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓުގެ ގިނަ ދުވަސްވެފައިވާ މައްސަލަތައް ނިންމަނީ
ކްރިމިނަލް ކޯޓުގެ ބެކްލޮގް ސާފުކުރުމަށް، އިތުރު ވަގުތު އޮފީސް ހުޅުވައިގެން މަސައްކަތް ކުރަން ތައްޔާރުވެއްޖެއެވެ. ކްރިމިނަލް ކޯޓުން އިއުލާންކޮށްފައިވަނީ ޖޫން މަހުން ފެށިގެން ތިން މަސް ދުވަސް ވަންދެން އިތުރަށް މަސައްކަތް ކުރާށެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި އިއުލާނެއްގައި އެކަން ހާމަކޮށް ބުނެފައިވަނީ ޖޫން މަހުން ފެށިގެން ތިން މަސް ދުވަސް ވަންދެން، ކޮންމެ ދުވަހަކުވެސް މެންދުރު ފަހު ދޭކުން ހަވީރު ފަހަކަށް މައްސަލަތައް ކުރިއަށް ގެންދާނެ ކަމަށެވެ.

ކްރިމިނަލް ކޯޓުގައި ނުނިމި ގިނަދުވަސްވެފައި ހުރި މައްސަލަތައް (ބެކްލޮގް) ނިންމުމަށްޓަކައި މިހާރު ކޯޓުގައި މައްސަލަތައް ތާވަލް ކުރަމުންގެންދާ ވަގުތުގެ އިތުރުން، މެންދުރުފަހު 14:00 އިން 17:00 އަށް މައްސަލަ ތާވަލްކުރުމަށް ހަމަޖެހިފައިވާކަން އާންމުކޮށް އަންގާ އިޢުލާންކުރަމެވެ. އަދި މިމައްސަލަތައް ނިންމުމަށްޓަކައި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ 2022 ޖޫން 1 ވަނަ ދުވަހުން ފެށިގެން 03 (ތިނެއް) މަސްދުވަހުގެ މުއްދަތަށެވެ.

މިއަހަރުގެ ކުރީކޮޅު ޖޭއެސްސީން ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ "ބެކްލޮގް" ހުސްކުރަން 16 އަހަރު ނަގާނެ ކަމަށާއި އެއް އަހަރު ތެރޭގައި އެ މައްސަލަތައް ނިންމޭނެ ގޮތުގެ ޕްލޭނެއް އެކުލަވާލާފައިވާ ކަމަށެވެ. ޝަރީއަތްތައް ލަސްވުމާއި ޝެޑިއުލް ނުކުރާ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީންވަނީ ޖޭއެސްސީ އާއި ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓް އެ ކޮމިޓީއަށް ހާޒިރުކޮށްފައެވެ. 

އޭރު ޖުޑީޝަރީ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޖޭއެސްސީގެ ރައީސް ހިސާން ހުސެއިން ވިދާޅުވެފައިވަނީ އޭރު ކްރިމިނަލް ކޯޓުގައި ދެހާހަށްވުރެ ގިނަ މައްސަލަ އޮތް ކަމަށާއި އަދި ކޮންމެ އަހަރަކު އެވްރެޖްކޮށް ނުވަ ސަތޭކައެއްހާ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާ ކަމަށެވެ. އޭރު ކްރިމިނަލް ކޯޓުގެ ބެކްލޮގްގައި އެއްހާހަށްވުރެ ގިނަ މައްސަލަ އޮތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް