ads
ރައީސް ނަޝީދު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު:-
ރައީސް ނަޝީދަށް ދިން ހަމަލާ ހަމަލާގެ ޝަރީއަތް އޮބްޒާވްކުރަން ހުއްދަދީފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ޝަރީއަތް އޮބްޒާވްކުރަން ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމަށް ކްރިމިނަލް ކޯޓުން ހުއްދަދީފިއެވެ.

ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުން ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ޝަކީލް އަށް ރައީސް ނަޝީދުގެ ކޮއްކޯފުޅު އަދި އެމަނިކުފާނުގެ ގާނޫނީ ވަކީލު އަހްމަދު ނާޒިމް އަބްދުއްސައްތާރު ފޮނުއްވި ސިޓީ ގައި ވިދާޅުވެފައިވަނީ، 6 މެއި 2021 ވަނަ ދުވަހު ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން އެންމެ ބޮޑު ޝިކާރައަކަށް ވި ބޭފުޅަކީ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ. 

ކޯޓުގައި ތުހުމަތުކުރެވޭ ފަރާތްތަކާއި ދެކޮޅަށް ކުރިއަށް ދާ އަޑުއެހުންތައް އޮބްޒާވް ކުުރުމަށް ރައީސް ނަޝީދު އެދިލައްވާފައިވާކަމަށެވެ. މިހެންކަމުން ސިޓީއާއެކު ނަން ފޮނުވާފައިވާ ހަތަރު ވަކީލުންގެ ތެރެއިން މަދުވެގެން ދެ ވަކީލަކަށް ޝަރީއަތްތައް އޮބްޒާވް ކުރަން ވަދެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ވެސް ވަނީ އެދިލައްވާފައެވެ. 

ވަކީލުންގެ ތެރޭގައި، ނާޒިމްގެ އިތރުން، ލަންޑަންގެ ޑޯޓީ ސްޓްރީޓް ޗެމްބާޒް ގެ ފަރާތުން، ކަރސްޓީ ބްރައިމްލޯ، ދަ ލިޓިޖަންސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން، ފަތްހުﷲ އަލީ އަދި އަހުމަދު ނިޔާޒް ހިމެނެއެވެ. 

މޭ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ އާއި ގުޅިގެން ތަހުގީގުތައް ކޮށް ދައުވާކުރުމަށް ކޯޓަށް ހުށަހަޅުމަށް ކޮށްފައިވާ މަސައްކަތްތައް ރަނގަޅު ނަމަވެސް، މައްސަލާގެ ޝަރީއަތްތައް ލަސްކަމުން ކަންބޮޑުވާކަމަށް، އެމައްސަލާ އާއި ގުޅޭ ތަހުގީގާއި އެންމެހާ ކޯޓު މަރުހަލާތައް ގާތުން ބެއްލެވުމަށްޓަކައި ރައީސްގެ ފަރާތުން އައްޔަން ކުރައްވާފައިވާ ހާއްސަ މަންދޫބް އާއްބާސް ފާއިޒް ވަނީ މިމަހުގެ ކުރީކޮޅު ވިދާޅުވެފައެވެ. 

މި މައްސަލައިގައި އެންމެ ފުރަތަމަ ދައުވާ ކޮށްފައިވަނީ ހަތް މީހެއްގެ މައްޗަށެވެ. އެއީ ގއ. ވިލިނގިލި، ހުދުރުވާގެ، ފަހުމީ އަލީ، އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމް، މ. ކުދެހިގެ އިސްހާގު އަހުމަދު، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި އޭނާއަށް ފިލަން އެހީވި، މއ. ފޭރުގޭ މުޖާޒް އަހުމަދާއި ސައިކަލުގެ ވެރިފަރާތް ކަމަށްވާ ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދުގެ އިތުރުން ބޮން ސައިކަލުގައި ހަރު ކުރި ކަމަށް ބުނާ ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމްގެ މައްޗަށެވެ. ނަމަވެސް ފަހުން އިތުރު ދެ މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވިއެވެ. އެއީ ހއ. މޮޅަދޫ، ބަހާރުގެ، ޢަބްދުﷲ ޢަލީމަނިކާއި، ހއ. ހޯރަފުށި، އަލަނާސިގެ، މުޙައްމަދު ތަސްލީމްގެ މައްޗަށެވެ.

މިމަހުގެ 30 ވަނަ ދުވަހު މީގެ ތެރެއިން ފަސް މީހެއްގެ މައްޗަށް ކުރާ ދައުވާގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ އަޑުއެހުން ބޭއްވުމަށް ތާވަލުކޮށްފައިވާކަމަށް ނާޒިމް ފޮނުވި ސިޓީގައި ވިދާޅުވެފައިވެއެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް