ads
ފޮޓޯ: މިހާރު
ބީއެމްއެލްގެ ޗެއާޕާސަންކަމުގެ މަގާމަށް ޔޫޝައު
ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަން ކަމުގެ މަގާމަށް ޔޫޝައު ސައީދު އައްޔަން ކޮށްފި އެވެ.

ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަން ކަމަށް ޔޫޝައު އެންމެ ފުރަތަމަ އައްޔަން ކޮށްފައިވަނީ، ބީއެމްއެލް އިން 2021 ވަނަ އަހަރު ބޭއްވި ބޭންކުގެ އަހަރީ އާއްމު ޖަލްސާގަ އެވެ.

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަން ކަމުގެ މަގާމަށް ޔޫޝައު އައްޔަން ކޮށްފައި ވާއިރު، ޔޫޝައު ވަނީ މީގެ ކުރިން އެސްޑީއެފްސީގެ ބޯޑު މެންބަރުކަން ވެސް ކުރައްވައިފަ އެވެ. އަދި ތިލަފުށި ކޯޕަރޭޝަންގެ ޗެއާޕާސަންގެ މަގާމު ވެސް އަދާކުރެއްވި އެވެ.

ޗެއާޕާސަން ކަމުގެ މަގާމަށް ޔޫޝައު އައްޔަން ކޮށްފައި ވާއިރު، އޭނާ އަށް މަހަކު 21،500 ރުފިޔާ ލިބޭނެ އެވެ. ކުރިން ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަން އަށް ލިބެމުން ދިޔައީ، 15،500 ރުފިޔާ އެވެ.  

ބީއެމްއެލް އިން ވަނީ ރޭ އެ ބޭންކުގެ އަހަރީ އާންމު ޖަލްސާ ބާއްވާފަ އެވެ. އަދި އަހަރީ އާންމު ޖަލްސާގައި ހުރިހާ މެންބަރުންވެސް އަލުން ޑިރެކްޓަރުންގެ ބޯޑަށް ވަނީ އައްޔަންކޮށްފަ އެވެ.

މީގެ އިތުރުން ރޭ ހޮޓެލް ޖެންގައި ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ވަނީ ހިއްސާއަކަށް 48 ރުފިޔާ ބަހަން ނިންމާފައެވެ. މިހެންކަމުން ސަރުކާރަށް 674 މިލިއަން ރުފިޔާ ލިބޭނެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް