ads
ރާއްޖޭގެ ފަނޑިޔާރުންނަށް ފަންނީ ތަމްރީނު ދިނުމަށް އިންޑިއާ އާއި އެކު އެބަސްވެއްޖެ
ރާއްޖޭގެ ފަނޑިޔާރުންނަށް ފަންނީ ތަމްރީނާއި ތަޖުރިބާ އިތުރުކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އާއި އިންޑިއާގެ ނޭޝަނަލް ޖުޑީޝަލް އެކަޑަމީ އާއި ދެމެދު އެމްއޯޔޫ އެއްގައި ސޮއިކޮށްފި އެވެ.

ޖޭއެސްސީން ބުނެފައިވަނީ އެ އެމްއޯޔޫގައި ޖޭއެސްސީގެ ފަރާތުން ސޮއިކޮށްފައިވަނީ ކޮމިޝަންގެ ރައީސް ހިސާސް ހުސައިން ކަމަށެވެ. އަދި އިންޑިއާގެ ނޭޝަނަލް ޖުޑީޝަލް އެކެޑަމީގެ ފަރާތުން އެ އެމްއޯޔޫގައި ސޮއިކޮށްފައިވަނީ އެ އެކަޑަމީގެ ޑިރެކްޓާ ޖަސްޓިސް ޖީ. ރަގުރާމް ކަމަށެވެ. 

ޖޭއެސްސީން ބުނެފައިވަނީ މި އެމްއޯޔޫގެ ސަބަބުން ރާއްޖޭގެ ފަނޑިޔާރުންނަށް ފަންނީ ތަމްރީނާއި ތަޖުރިބާ އިތުރުކުރުމުގެ ތަފާތު ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި އެގޮތުން އިންޑިއާގެ ނޭޝަނަލް ޖުޑީޝަލް އެކަޑަމީއިން ރާއްޖޭގެ ފަނޑިޔާރުންނަށް ހާއްސަ ކުރެވިގެންދެވޭ 200 ފުރުސަތު ދިނުމަށް އެއްބަސްވެވުނު ކަމަށް ޖޭއެސްސީން މައުލޫމާތު ދީފައިވެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް