ads
އިންޑިޔާ އައުޓުގެ މުޒާހަރާ ހުއްޓުވަން ފުލުހުން ހަރަކާތްތެރިވަނީ
އިދިކޮޅު މުޒާހަރާ: ހައްޔަރުކުރި މީހުންގެ ލިސްޓު "އޮޅިއްޖެ"
ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރޭ ވެސް މާލޭގައި ވަނީ "އިންޑިޔާ އައުޓު" ނަމުގައި މުޒާހަރާ ކޮށްފަ އެވެ.

އިންޑިޔާ މިލިޓަރީ ސިފައިން ރާއްޖޭގައި ތިބޭ ކަމަށް ބުނެ އިކޮޅު ކޯލިޝަނުން ގެންދަނީ ސިލްސިލާކޮށް މާލޭގައި މުޒާހަރާތައް ކުރަމުންނެވެ. 

މުޒާހަރާތަކުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެގެން ބައެއް ފަރާތްތަކުން ފުލުހުން ހައްޔަރު ވެސް ކުރެ އެވެ. ނަމަވެސް ފަހުން އެންމެެން ވެސް ދޫކޮށްލާކަން ފާހަގަކުރެވެ އެވެ. 

އިދިކޮޅުން ރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން 4 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވި އެވެ. ހިނާ ވިދާޅުވަނީ މުޒާހަރާގެ ތެރެއިން 4 މީހަކު ފުލުހުން ހައްޔަރުކޮށްގެން ގެންދިޔައީ ކަމަށެވެ. ނަމަވެސް ފަހުން އޭގެ ތެރެއިން 2 މީހަކު ރޭ ދަންވަރު ދޫކޮށްލާފައިވާ ކަމަށެވެ. 

"ރޭގެ މުޒާހަރާއިން ހައްޔަރުކުރި 4 މީހަކު. ދަންވަރު 02:30 ގައި ދެމީހަކު ވަނީ ދޫކޮށްލާފަ. އަނެއް ހައްޔަރުކުރި ދެމީހުންވެސް ހެނދުނު ދޫކޮށްލާނެކަމަށް ވަނީ އެނގިފަ." ހީނާ ވިދާޅުވި އެވެ.

ހައްޔަރު ކުރި މީހުންނާއި ބެހޭގޮތުން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ރޭގެ މުޒާހަރާއިން ހައްޔަރުކުރީ ޖުމްލަ 2 މީހުން ކަމަށެވެ. އިތުރު މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިނުވާނެ ކަމަށެވެ. 

"ދެ މީހަކު ހައްޔަރުކުރީ މުޒާހަރާއިން. އެއީ 19 އަހަރުގެ އަންހެނެއް. ދެން 49 އަހަރުގެ ފިރިހެނެއް. ހަތަރު މީހަކު ހައްޔަރެއް ނުކުރޭ." ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވި އެވެ.

ސުވާލު އުފެދެނީ ފުލުހުން 4 މީހުން ހައްޔަރު ކުރި ކަމާމެދުގަ އެވެ. ނުވަތަ "ހައްޔަރު" އެ މާނަ ކުރާގޮތަކާ މެދުއެވެ. 

މުޒާހަރާ ކުރަން ނުވަތަ އެއްވުމުގެ ތެރެއިން "ފުލުހުންގެ ހައްޔަރުކުރުން" އާންމު އުސޫލުން މާނަ ކުރެވެނީ އެ ތަނެއްގައި ހުއްޓައި އެމީހަކު ފުލުހުންގެ ބެލުމުގެދަށަށް (ވެހިކަލް އަކަށް ނުވަތަ އެހެން ގޮތަކަށް) ވިޔަސް ގެންދާ ހިސާބުންނެވެ. 

ފަހަރުގައި ރޭގެ މުޒާހަރާއިން 4 މީހަކު ހަމަ "ހައްޔަރު" ވެސް ކޮށްފާނެ އެވެ. ނަމަވެސް ފުލުހުންގެ "ހައްޔަރު" މާނަ ކުރުމުގެ ކެޓަގަރީއަށް ނުފެތޭތީ ހައްޔަރު ނުކުރަނީ ކަމަށްވެސް ބުނެފާނެ ނޫންތޯއެވެ؟ ކޮންމެއަކަސް މުޒާހަރާއިން ހައްޔަރުކުރި މީހުންގެ ލިސްޓް މިއޮތީ "އޮޅުން އަރާފަ" އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް