ads
ވެމްކޯގެ މުވައްޒަފުން ކުނި ނަގަނީ--
ކުނި ވަކިކުރުން ގިނަ ބަޔަކަށް "ވަބާއަކަށް" ވަނީ ކީއްވެ؟
ކުންޏަކީ ދުނިޔޭގެ އެންމެން އުފައްދާއެއްޗެކެވެ.

ކުނި މެނޭޖުކުރަމީ ފަރުދީ ޒިންމާއެކެވެ. ނަމަވެސް ދިވެހިރާއްޖޭގައި ކަން ހިނގަމުން އައިގޮތް މިއަދު އޮތީ ބަހުގައި ވެސް ހަރުލާފައެވެ. ފަތުރުވެރިން ބުނާ "ބިއުޓިފުލް ބީޗް" އަކީ ދިވެހިންނަށް "ގޮނޑުދޮށެވެ." މާނައަކީ ދިވެހިން ކުނިއުކައި އުޅުނީ އަތުރިމައްޗާ މޫދަށްކަމެވެ.

މީގައި ވެސް ވިސްނާލަންޖެހޭ ކަމެއް އެބައޮތެވެ. ދިވެހިން "ސިންގަލް ޔޫސް ޕްލާސްޓިކް" ބޭނުން ކުރަން ފެށުމުގެ ކުރިން މޫދަށް އުކައި އުޅުނު ކުންޏަކީ ކޮބައިވާއެވެ؟ ހަމަގައިމުވެސް ސުޕާރީ ޕެކޭޓާ، ނޫޑުލިސް ޕެކެޓާ، މައިލޯ ޕެކެޓާ، ނޫކޮތަޅާ ނެފީޕަދަ ތަކެތި ދިވެހިން ނުކުމެ މޫދަށް އުކަންފެށީ ދާދި މިދާކަށްދުވަހުއެވެ. 

މާނައަކީ ދިވެހިން އިހުގައި މޫދަށާއި އަތިރިމައްޗަށް ކުނި އަޅައި އުޅުނުނަމަ ވެސް ޕްލާސްޓިކުގެ ބާވަތްތަކާ، ދަނގަނޑާ، ބިއްލުރިއާ އެހެނިހެން ތިމާވެއްޓަށް ގެއްލުން ދެވެނެވިވި ބާވަތްތަކުގެ ކުނި އުކާލެއް މަދުވާނެއެވެ. 

ދިވެހިރާއްޖެ "އިމްޕޯޓް އިންޑަސްޓްރީގެ" ގެ އަޅުވެތިކަމަށް ވެއްޓުމާއެކު، ދެން ފެނުނު މަންޒަރަކީ ރާއްޖޭގެ ފަޅެއް، ފަރެއް އޮތިއްޔާ ޕްލާސްޓިކާ ގެއްލުންދެނިވި ބާވަތްތަކުން "ފުރާލި" ތަނެވެ. 

އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެފައިވަނީ ކުންޏަކީ އާމްދަނީ ލިބޭނެ ވަސީލަތަކައް ހެދުމަކީ މިސަރުކާރުގެ އަމާޒެއް ކަމަށެވެ.އެކަމަށް ކުރަންޖެހޭ ކަންކަން ހާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދަވާ ކަމަށެވެ. އަދި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި އަމާޒު ހިފާފައިވާ ފަދައިން ކުންޏަކީ އޭގެން ނަފާ ލިބޭ ވަސީލަތެއްގެ ގޮތުގައި މެނޭޖްކުރުމަށްޓަކައި، އެމަސައްކަތް ރާވައި ހިންގާނެ ފަންނީ މީހުން އުފައްދަން ޖެހޭ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. 

"މި އަމާޒަށް ވާސިލް ވުމަށްޓަކައި، މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި އުފެދޭ ކުނި ރައްކާތެރި ގޮތުގައި މެނޭޖް ކުރުމަށް ހުނަރުވެރި ދިވެހިން އުފައްދާންޖެހޭ." މިނިސްޓާ ވިދާޅުވެފައިވެއެވެ. 

ކުނިމެނޭޖުކުރަން "ހުނަރުވެރި ދިވެހިން" އުފައްދާވާހަކަ މިނިސްޓަރު ވިދާޅުވީތީ އަޖައިބުވެ އަންތަރީސްވާވަރުވެއެވެ. 

ސަބަބަކީ ކުނި މެނޭޖުކުރަން ސަރުކާރުން ބޭނުންވީމާ ބަޔަކަު ތަމްރީނު ކުރަންޖެހޭއިރު، އެކަށީގެންވާ ކުނިމެނޭޖު ކުރަންނަ ދަންނަ ބަޔަކު ދިވެހިންގެ ތެރެގައި ނެތުމުން "ތިމާވެށީގެ އިލްމުގެ" ނަމުގައި ދިވެހިރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދޭ ތަފާތު ސަބްޖެކްޓުތަކުގެ ބޭނުމަކީ ކޮބައިތޯއެވެ؟ ކުނި މެނޭޖުކުރަން ދަސްކޮށް އެ އާދަ ދަރިވަރުންގެ ހަށިގަނޑުގައި އަށަގަންނުވަން މަސައްކަތްތަކެއް ކޮށްފައި ނެތްކަމީ ހިތާމައެކެވެ. ސްކޫލު ނިމޭއިރުވެސް "ބިއުޓިފުލް ބީޗް" އަކީ "ގޮނޑުދޮށް" ކަމަށް ހީވެފައި ގިނަބަޔަކަށް އޮންނަ އޮތުމަށް ނިމުމެއް ނުގެނެވުމަކީ ހިތާމައެކެވެ. 

ޒަމާން ބަދަލުވެ، ވޮށިފިލާ ފޮތަށް ބަދަލުވެ، ފޮތް ޓެބްލަޓަށް ބަދަލުވިއިރު ވެސް ދައަލުތުގެ ހަރަދުގައި ދިވެހިރާއްޖޭގައި ތައުލީމު ހާސިލްކޮށް ނިމޭ ކުއްޖާގެ ބޮލުގައި ވެސް "ކުނި މެނޭޖުކުމުގެ މުހިންމުކަން" އަށަގެންނެވިފައި ނެތްނަމަ އެއީ ވަރަށް ބޮޑު ބަލިކަމެކެވެ. ސަބަބަކީ ދިވެހިރާއްޖެއަކީ ނާޒުކު ތިމާވެއްޓެއް އޮތް، އަދި އެ ތިމާވެށި "ފަތުރުވެރިކަމުގެ  ގޮތުގައި" ވިއްކައިގެން ކައިބޮއި ދިރިއުޅޭ ގައުމަކަށްވާތީ އެވެ. 

ރިޒްގުދޭ އަތުގައި ދަތް އަޅަން ދައުލަތުން ރައްޔިތުންނަށް މިހާ ދުވަހު ދަސްކޮށްދީފައިވުމުގެ ނަތީޖާއަކީ ކުންޏާމެދު ޒިންމާވާން ދައުލަތުން އެދުމުން، އެއީ "ވަބާއެއް" ނުވަތަ "ބަލާއެއް" ކަމަށް ގިނަބަޔަކަށް އިހުސާސް ވުމެވެ. އަދިވެސް ޖަހާ "ގޮނޑުދޮށަށް" ކުނި އުކާލުމަކީ އެންމެ ފަސޭހަ ގޮތްކަމުގައި ހީވެފައި އޮތުމެވެ. 

ކުނިން ފައިސާ އުފެއްދުން:

ކުންޏަކީ އާމްދަނީ ލިބޭ އެއްޗަކަށް ހެދުމަށް ސަރުކާރުން ގެންގުޅޭ ވިސްނުން ރަނގަޅެވެ. ނަމަވެސް މުޖުތަމައުގައި ޒަމާންތަކަކަށް އަށަގަންނުވާފައި އޮތް "ކަންޏެތް" ވިސްނުމެއްގެ ސަބަބުން ކުނިން ފައިސާ އުފެއްދުމަށް ދަތިތަކަކާ ކުރިމަތިވެދާނެއެވެ.

ނަމަވެސް ކުނިން ފައިސާ އުފައްދުމަކީ ގައުމުތަކުގައި ކުރާކަމެކެވެ. މިސަލަކަށް ބަލާނަމަ ކެނެޑާގައި 1،324 މެޓްރިކް ޓަނުގެ ކުނި މެނޭޖްކޮށްގޮން 36.7 މިލިއަން ޑޮލަރު ހޯދައެވެ. 

ނަމަވެސް ކުނި މެނޭޖްކޮށްގެން ފައިސާ އުފެއްދުމަކީ މި އަދު އޮތް އެމްޑީޕީ ސަރުކާރުގެ ޕޮލިސީއަކަށް ވީތީ އިދިކޮޅު ކޯލިޝަނުގެ އިސް މެންބަރު އަދި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ "ކުނި މެނޭޖު ކުރަނަމަ ރައްޔިތުންނަށް ސާމާނު" ދޭން ޖެހޭނެކަމަށް ވިދާޅުވެ މިކަމުގެ އަސްލު ސިޔާސީކޮށް ގަޑުބަޑު ކުރާފަދަ މޭރުމަކުން ވާހަކަ ދައްކަވާފައެވެ. 

ކުނިމޭޖުކުރަން ސާމާނު ދޭނަމަ، ކޮންމެ ރައްޔިތަކަށް ދައުލަތުން ދޭން ޖެހޭނަމަ ގައިން ތާހިރުވާން ސާބޯނި ބުރިއަކާ، ތުވާޔަކާ ދަތް އުނގުޅާ ބުސްވެސް "ދައުލަތުން" ދޭންޖެހޭނެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް