ads
ފޮޓޯ އެޗްޑީސީ
ލީޑަރުން ތަމްރީނު ކުރުމަށް އެޗްޑީސީން ލީޑަޝިފް ސީރީސް އިފްތިތާހު ކޮށްފި
ހިންގުމުގައި ހަރަކާތްރިވާ އިސް މުއައްޒަފުންނަށް އަމާޒުކޮށްގެން އެޗްޑީސީގެ ލީޑަރޝިޕް ސީރީސް މިއަދު އިފްތިތާހް ކޮށްފި އެވެ.

އެޗްޑީސީން ބުނިގޮތުގައި ޕްރޮގްރާމުގެ މަގްސަދަކީ، މުސްތަގުބަލުގައި މުއައްޒަފުން ކުންފުނީގެ ލީޑަރުންނަށް ވުމަށް ބާރުއަޅާ ތަމްރީނުކޮށް ލީޑަރުން ހުނަރުވެރި ކުރުވުމެވެ.

"މިގޮތުން މިހާރު ލީޑަރުންގެ ލީޑަރޝިފްގެ ގާބިލްކަން ދެނެގަތުމަށް ފަހު މަދުވަނީ ކޮން ހުނަރުތަކެއްކަން ބަލާ ލީޑަރޝިޕް ކެޕޭސިޓީ ތަރައްގީ ކުރުމަށް އިތުރު ތަމްރީނުތަކެއް ދެވިގެންދާނެ" އެޗްޑީސީ

މިލީޑަ ޝިފް ސީރީސް ބޭއްވުމަށްޓަކައި، އެކި ޑިޕާޓްމެންޓް ތަކުގެ މުވައްޒަފުންނާއި އެކު ފޯކަސް ގްރޫޕް ޑިސްކަޝަންތައް ކުރިޔަށް ގެންދެވި، އެ މުވައްޒަފުންގެ ކަންބޮޑުވުންތަކާއި ލީޑަރުންގެ ފަރާތުން ކުރެވޭ އުއްމީދުތައް ވަނީ ދެނެގަނެވިފައިކަމަށް އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީން އިތުރަށް ބުނިގޮތުގައި މުއައްޒަފުންގެ ހިޔާލަށް ބިނާކޮށް ފޯކަސް އޭރިއާތަކެއް ދެނެގަނެވި ވޯކްޝޮޕް ސިލްސިލާތަކެއް ވަނީ އެކުލަވާލެވިފައި ކަމަށާއި މި ސީރީސް ކުރިޔަށް ގެންދެވޭނީ "އެޑިއު ޓްރެކް" އިންސްޓިޓިއުޓް އާ ގުޅިގެންނެވެ.

ހަ މަސް ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ކުރިޔަށް ގެންދާ މިޕްރޮގްރާމުގައި 120 މުއައްޒަފުން ބައިވެރިވާނެއެވެ.

މިފަދަ ޕްރޮގްރާމްތައް ބޭއްވުމުގެ ސަބަބުން އެޗްޑީސީގެ އިސް މަގާމުތަކުގައި ތިބި ލީޑަރުންނަށް އިތުރު ތަމްރީންތަށް ލިބި މުސްތަގުބަލުގައި މުވައްޒަފުން ބޭނުންވާގޮތަށް ކަންތައްތައް ކުރުވުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އެ ކުންފުނިން ބުނެއެވެ. ކުންފުނިން ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުންފުނިން ކަނޑައަޅާފައިވާ ލަނޑުދަޑިތައް ހާސިލް ކުރުމަށް މަގުފަހިވެގެންދާނެކަމަށް އެޗްޑިސީން ބުނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް