ads
ކުއީން އެލިޒަބަތު:-
ކުއީން އެލިޒަބަތުގެ ވެރިކަމަށް 70 އަހަރު: ބާރުތައް ފުރޮޅާލުމުގެ މަސައްކަތް ފަށައިފި
އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތުގެ ވެރިކަމަށް 70 އަހަރު ފުރުން އެ ގައުމުގުގައި ކުލަގަދަކޮށް ފާހަގަ ކުރަން މިއަދު ވަނީ ފަށާފައެވެ. މި ހަފްލާއާއެކު ކުއީންގެ ބާރުތައް ފުރޮޅާލުމުގެ މަސައްކަތް ވެސް ފަށާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

މިގޮތުން މިކަން ފަހަގަކުރަން ހަތަރު ދުވަހަށް ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް އެ ގައުމުން ވަނީ ރާވާފައެވެ. 

ކުއީން އެލިޒަބަތުގެ އުމުރުފުޅަކީ މިހާރު، 94 އަހަރެވެ. ނަމަވެސް އެކަމަނާގެ ވެރިކަމަށް 70 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކުގައި ބައިވެރިވާނެކަން އެކަމަނާ ވަނީ އިއުލާން ކުރައްވާފައެވެ. 

ކުއީންގެ ވެރިކަމަށް 70 އަހަރު ފުރުން ފާހަގަކޮށްފައިވާއިރު، އެކަމަނާގެ ބާރުތައް އެގައުމުގެ ވަލީ އަހުދު ޗާލްސް އަށް ފުރޮޅާލުމުގެ މަސައްކަތް ވެސް ފަށާފައިވާކަމަށް ބީބީސީން ބުނެއެވެ. ނަމަވެސް އެކަން އަދި ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ. 

އިއްޔެ އިނގިރޭސިވިލާތުގެ މަޖިލީހަށް ވެސް ރާނީއާއި ވަލީއަހުދު ވަނީ ވަޑައިގެންފައެވެ. 

0%
ކަމުގޮސްފި
44%
އަޑުއެހިތާ މިހުރީ
56%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް