ads
ނަޝީދުު ފަރުވާ ހޯދަން ރާއްޖެއިން ބޭރުގައި ހުންނެވި ދުވަސްވަރުގެ ފޮޓޯއެއް:
ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގެ އަޑުއެހުންތައް މާދަމާ
ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވާ މީހުންގެ ޝަރީއަތް މާދަމާ ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ތާވަލްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މާދަމާ ކުރިއަށް ގެންދަން ނިންމާފައި ވަނީ، ބޮމުގެ މައްސަލާގައި ދައުވާ އުފުލާފައިވާ، ތަހުމީން އަހުމަދާއި މުޖާޒު އަހުމަދާއި އިސްހާގު އާއި ފަހުމީ އަލީ އާއި އަލީ ހައިޝަމް އަދި މުހައްމަދު ނާޒިމްގެ ޝަރީއަތެވެ. 

މި ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، މާދަމާ ހެނދުނު 10:00 ގަ އެވެ. މާދަމާ ކުރިއަށް ގެންދިއުމަށް ތާވަލް ކޮށްފައިވާ މިވާ އަޑުއެހުންތަކަކީ، މިދިޔަ ހަފްތާގެ ހޯމަ ދުވަހު ކުރިއަށް ގެންދިއުމަށް ތާވަލްކުރި އަޑުއެހުންތަކެވެ. އެހެން ނަމަވެސް މޫސުން ގޯސްވެ "ހުދު ސަމާލު" ނެރެފައިވުމުން އެދުވަހުގެ ޝަރީއަތަށް ޖަލުގައި ތިބި މީހުން ގެނައުމަށް ދަތިތަކެއް ކުރިމަތީވީކަމަށް ކަރެކްޝަނުން ވަނީ ބުނެފަ އެވެ. 

މިދިޔަ އަހަރުގެ މޭ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ އާއި ގުޅިގެން ތަހުގީގުތައް ކޮށް ދައުވާކުރުމަށް ކޯޓަށް ހުށަހަޅުމަށް ކޮށްފައިވާ މަސައްކަތްތައް ރަނގަޅު ނަމަވެސް، މައްސަލާގެ ޝަރީއަތްތައް ލަސްކަމުން ކަންބޮޑުވާކަމަށް، އެމައްސަލާ އާއި ގުޅޭ ތަހުގީގާއި އެންމެހާ ކޯޓު މަރުހަލާތައް ގާތުން ބެއްލެވުމަށްޓަކައި ރައީސްގެ ފަރާތުން އައްޔަން ކުރައްވާފައިވާ ހާއްސަ މަންދޫބް އާއްބާސް ފާއިޒް ވަނީ މިމަހުގެ ކުރީކޮޅު ވިދާޅުވެފައެވެ. 

މި މައްސަލައިގައި އެންމެ ފުރަތަމަ ދައުވާ ކޮށްފައިވަނީ ހަތް މީހެއްގެ މައްޗަށެވެ. އެއީ ގއ. ވިލިނގިލި، ހުދުރުވާގެ، ފަހުމީ އަލީ، އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމް، މ. ކުދެހިގެ އިސްހާގު އަހުމަދު، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި އޭނާއަށް ފިލަން އެހީވި، މއ. ފޭރުގޭ މުޖާޒް އަހުމަދާއި ސައިކަލުގެ ވެރިފަރާތް ކަމަށްވާ ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދުގެ އިތުރުން ބޮން ސައިކަލުގައި ހަރު ކުރި ކަމަށް ބުނާ ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމްގެ މައްޗަށެވެ. ނަމަވެސް ފަހުން އިތުރު ދެ މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވިއެވެ. އެއީ ހއ. މޮޅަދޫ، ބަހާރުގެ، އަބްދުﷲ އަލީމަނިކާއި، ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމްގެ މައްޗަށެވެ.

ނަޝީދަށް އަމާޒުކުރި ހަމަލާއާ ގުޅިގެން އަމިއްލަ އިއުތިރާފާ އެކު މިހާތަނަށް ކުށް ސާބިތުވެފައިވަނީ އަހުމަދު އަދުހަމަށް އެކަންޏެވެ. އަދުހަމަކީ ނަޝީދު އަވަހާރަކޮށްލަން މަޖީދީ މަގު މެދަށް ގޮއްވާލި ބޮން ކޮންޓްރޯލް ކުރާ ރިމޯޓް ހިފައިގެން އަތަމާ ޕްލޭސްގައި ހުރި މީހާ އެވެ. 

އަދުހަމާއެކު ޖުމްލަ 10 މީހެއްގެ މައްޗަށް ކޯޓުގައި ދައުވާކުރިއެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް