ads
ރައީސް ނަޝީދު: ފޮޓޯ ކުޅުދުއްފުށި އޮލްލައިން
މަސް ވިއްކޭނެ އެންމެ ކުޑަ އަގު ކަނޑައެޅުމުގެ މަސައްކަތް ފަށައިފި
މަސްވެރިންނަށް ވިއްކާ މަހަށް ހަމަ އަގު ދިނުމުގެ ގޮތުން މަސް ވިއްކޭނެ އެންމެ ކުޑަ އަގު ކަނޑައެޅުމުގެ މަސައްކަތް ކުރަމުން ދާކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވައިފިއެވެ.

ރައީސް ނަޝީދު މިކަން ހާމަކުރެއްވީ މިރޭ އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ. 

ރައީސް ނަޝީދު ވިދާޅުވީ، އަލަށް އެކުލަވާލި މަސްވެރިކަމާއި ގުޅޭ ގާނޫނުގެ ދަށުން އޭގައި ހިމެނޭ ގަވާއިދުތައް ހަދަން ލިބެނޭ ތިން މަސް ދުވަސް ކަމަށެވެ. 

"އެމްޑީޕީގެ ވައުދެއް އެއީ މަހުގެ އަގު އުފުލައިދިނުން. އެކަމަށްޓަކާ މަސްވެރިކަމުގެ ގާނޫނު އަލުން މިވަނީ އަނބުރާ އިސްލާހު ކުރެވިފަ. މަސްވެރިކަމުގެ ގާނޫނުގައި ގެނެވުނު އެންމެ ބޮޑު އެއް ބަދަލަކީ މަސް ގަތުމުގެ ވިޔަފާރި ވާދަވެރިކަން އުފެއްދުން. އުފެއްދީމާ މަހުގެ އަގު އުފުލިގެން ދާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ. 

ރައީސް ނަޝީދު ވިދާޅުވީ އެގޮތުން ބޭރުގެ ފަރާތްތަކަށް ދިވެހި މަސް ގަތުމުގެ ހުއްދަ ދިނުމުގެ މަސައްކަތް ކުރައްވާކަމަށެވެ. އެގޮތުން މިހާރު އޮތް އެކްސް ކުލޫސިވް އެގްރީމަންޓުތައް ދީފައި އޮންނަނީ އެންމެ ތިން ފަރާތައް ކަމަށް ވިއަސް އެކަން ބަދަލުކުރަން ސަރުކާރުން މަސައްކަތް ކުރާކަން ރައީސް ނަޝީދު ހާމަކުރެއްވިއެވެ. 

"މިހާރު އެ ކޮންޓްރެކްޓުތައް އުވާލުމުގެ މަސައްކަތް ސަރުކާރުން އެ ގެންދަނީ ކުރަމުން، މަސްވެރިކަމުގެ ގާނޫނާ ގުޅޭ ގަވާއިދުތައް ހަދައި ނިމުމުން އޭގެ ތެރޭގައި އެންމެ ދަށްކޮށް މަސް ގަންނަ އަގު ކަނޑައެޅުން ވެސް ހިމެނޭ،" -ރައީސް ނަޝީދު -

މިރޭގެ އެމްޑީޕީން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ އެމްޑީޕީން ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށް ކުރަންޖެހޭ މަަސައްކަތްތަކާ ގުޅޭގޮތުން ވެސް ވާހަކަ ދައްކަވާފައެވެ. 

އެގޮތުން ރައީސް ނަޝީދު ވިދާޅުވީ ކެމްޕޭނު ކުރިއަށް ގެންދަންޖެހޭނީ އިންތިހާބު ކާމިޔާބު ވާނެގޮތް ވިސްނައިގެން ކަމަށެވެ. 

ގައުމީ މަޖިލީހުގެ ގިނަ މެންބަރުން ވަނީ ކެންޕޭނު ކުރިއަށް ގެންދާނެ ގޮތްތަކާއި ގުޅޭގޮތުން ގިނަ ހިޔާލުތަކެއް މިރޭގެ ބައްދަލުވުމަށް ހުށަހަޅުއްވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް