ads
ފޮޓޯ: ސޯޝަލް މީޑިއާ
ހޮޅުދޫއަށް އުދައަރާ 15 ގެއަކަށް ފެންވަދެއްޖެ
ނ. ހޮޅުދޫއަށް ރޭގައި އާދަޔާހިލާފަށް އުދައަރާ 15 ގެ އަށް ފެން ވަދެފައިވާކަމަށް ހޮޅުދޫ ކައުންސިލުން ބުނެފި އެވެ.

ހޮޅުދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އަފްރާހް "ސީއެންއެމް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއީ މިހާތަނަށް ހޮޅުދޫއަށް އެންމެ ބޮޑަށް އުދައެރި ފަހަރު ކަމަށެވެ. އެގޮތުން އެންމެ ބޮޑަށް އުދަ އެރި ވަގުތުގައި ރަށުގައި ތިން ފޫޓަށް ފެންހުރިކަން ފާހަގަކޮށްފައިވެ އެވެ. 

ހޮޅުދޫ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ، 15 ގެއަށް ފެންވަދެފައިވާ ކަމަށާއި، އަދި ރައްކާތެރިވުމުގެ ގޮތުން 22 ގެއެއްގައި ބަސްތާޖަހާފައިވާކަމަށެވެ. އަދި އުދައެރުމުގައި ބައެއް ގޭގޭ ގެ ހިފާގެންގުޅޭ ތަކެއްޗަށްވެސް ގެއްލުން ވެފައިވާކަން ފާހަގަކޮށްފައިވެ އެވެ.

your image

ފޮޓޯ: ސޯޝަލް މީޑިއާ

ރޭ ރާއްޖޭގެ ގިނަ ރަށްރަށަށް އުދައަރާފައިވާއިރު، މެޓް އޮފީހުން ވަނީ ބައެއް ރަށްރަށަށް އުދައެރުން އެކަށީގެންވާކަން ވެސް ހާމަކޮށްފައެވެ. 

ރާއްޖޭގެ ކަނޑުތައް ގަދަވާނެކަމަށް ވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވެއެވެ. 

0%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
83%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް