ads
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ ވިނަރެސް ފްލެޓުތައް
ވިނަރެސް އިން މާލޭގައި އުޅޭތާ 15 އަހަރުވެފައިވާ މީހުންނަށް 100 އެޕާޓްމަންޓު
މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން ވިނަރެސް ފުލެޓުން 100 އެޕާޓްމަންޓު ދޫކުރުމަށް އެޗްޑީސީއިން ނިންމައިފި އެވެ.

ވިނަރެސް ފްލެޓްތަކަކީވެސް މާލެ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ފަށާފައިވާ މަޝްރޫއުއެކެވެ. މިމަޝްރޫއުގެ މަސައްކަތް ނިންމުމަށް ކުރިން ކަނޑައެޅި ތާރީހަށް ނިންމިފައި ނުވަނީ ކޮވިޑް-19 ގެ ސަބަބުން ދިމާވި ހުރަސްތަކާއިހެދި އެވެ. 

އެޗްޑީސީއިން ބުނީ، ވިނަރެސް ފުލެޓަށް މާލޭގައި ދިރިއުޅޭ އެހެން ނަމަވެސް މާލޭގައި ރަޖިސްޓްރީ ނުވެ އުޅޭ މީހުންގެ ތެރެއިން މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ ފަރާތްތަކަށް ވިނަރެސް ފުލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވާކަމަށާއި، އަދި އެ ފަރާތްތަކަށް ހާއްސަ ކުރެވިފައިވަނީ 100 ޔުނިޓު ކަމަށެވެ. 

އެޗްޑީސީއިން ވަނީ ވިނަރެސް ފުލެޓު ބަލާލުމަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފަ އެވެ. އެޗްޑީސީއިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މި ފުލެޓުތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ކުރިން މާލެއިން 600 އަކަފޫޓަށް ވުރެ ބޮޑު ހައުސިން ޔުނިޓެއް ގަނެފައި އޮވެގެން ނުވާނެ ކަމަށާއި، އަދި އެވަރު ތަނެއް މާލެއިން ގަތުމަށް އެއްބަސްވުމެއްގައި ސޮއި ކޮށް ފައިސާ ދައްކަން ފަށާފައިވެސް އޮވެގެން ނުވާނެ ކަމަށެވެ. 

ވިނަރެސް މަޝްރުއުގައި 1344 ހައުސިންގ ޔުނިޓް ހިމެނެއެވެ. އެއީ މުޅިންވެސްތިން ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. މީގެތެރޭގައި ހަތަރު ބާވަތެއްގެ ހައުސިން ޔުނިޓްތައް ހިމެނެއެވެ.  

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް