ads
ވިނަރެސް އެޕާޓުމެންޓުގެ ޑިޖިޓަލް ކުރެހުމެއް--
ވިނަރެސްގެ އެންމެ ކުޑަ އެޕާޓުމެންޓެއްވެސް 2 މިލިއަނަށް!
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުން އަންނަ ވިނަރެސް އެޕާޓުމެންޓުތަކުގެ އަގުތަކުގެ ތަފްސީލުތައް އާއްމުކޮށްފި އެވެ.

އެޗްޑީސީން މިއަދު އާއްމުކުރި އަގުތަކުގައި ވާގޮތުން، އެންމެ ކުޑަކޮށް އުޅޭ އެޕާޓުމެންޓެއްގެ ޖުމްލަ އަގު ވެސް އުޅެނީ، 2،500،467.51 ރުފިޔާ ގައެވެެ. އެއީ 882.85 އަަކަފޫޓުގެ ސްޓޭންޑާޑް ވިއު ލޯވާ ފްލޯސްގެ އޭ2 އެޕާޓުމެންޓުތަކުގެއެވެ. 

މި އެޕާޓުމެންޓުތަކަށް 20 އަހަރަށް ބަހަލައިގެން ފައިސާ ދައްކާނަމަ މުޅި ޖުމްލަ އަގުގެ 15 އިންސައްތައާއި 19 އިންސައްތައިގެ އަދަދެއް ޑައުންޕޭމަންޓުގެ ގޮތުގައި ދައްކަންޖެހެއެެވެ. އެއީ 20 އަހަރަށް ނަމަ އެއްފަހަރާ 377،070.13 ރުފިޔާ އެވެ. ހަމައެއާއެކު ކޮންމެ މަހަކު 19،130 ރުފިޔާ ދައްކަން ޖެހޭނެ އެވެ. 

އަދި 25 އަހަރަށް ނަމަ، ޑައުންޕޭމަންޓުގެ ގޮތުގައި، މުޅި ޖުމްލަ އަގުގެ 20 އިންސައްތަ ޑައުންޕޭމެންޓުގެ ގޮތުގައި ދައްކަން ޖެހޭނެއެވެ. އެއީ އެއްފަހަރާ 500،093.50 ރުފިޔާ، އަދި މަހަކު 16،790 ރުފިޔާ އެވެ.

ވިނަރެސްގެ އެންމެ ބޮޑު އެޕާޓުމެންޓެއްގެ ޖުމްލަ އަގު އުޅެނީ، 3،047،575.88 މިލިއަން ރުފިޔާ ގައެވެ. އެއީ 1،395.64 އަަކަފޫޓުގެ އައުޓާ ސައިޑް އޭ1ގެ ޓެރެސް ހިމެނޭ އެޕާޓުމެންޓުތަކެކެވެ. 

މި އެޕާޓުމެންޓުތަކުގެ އަގު 20 އަހަރަށް ބަހަލައިގެން ފައިސާ ދައްކާނަމަ ޑައުންޕޭމަންޓުގެ ގޮތުގައި އެއްފަހަރާ، 457،136.38 ރުފިޔާ އަދި ކޮންމެ މަހަކު 23،310 ދައްކަން ޖެހޭނެއެވެ. އަދި 25 އަހަރަށް ނަމަ، ޑައުންޕޭމަންޓުގެ ގޮތުގައި، އެއްފަހަރާ 609،515.18 ރުފިޔާ ދައްކަންޖެހޭއިރު، މަހަކު 20،470 ރުފިޔާ ދައްކަން ޖެހޭނެއެވެ.

ވިނަރެސްގެ 10 ޓަވަރުގެ އިތުރު އެޕާޓުމެންޓުތަކުގެ އަގުތައްވެސް އުޅެނީ، ތިން މިލިއަނުން ފެށިގެން ދެ މިލިއަނާއި ދޭތެރޭގަ އެވެ. އަދި ޑައުންޕޭމެންޓު އަގުތައް އުޅެނީ، ތިން ލައްކައިން ފެށިގެން ހަލައްކައާއި ދެމެދުގައެވެ. މަހު ކުލި އުޅެނީ، 23،000 އިން ފެށިގެން 16،000 އާ ދެމެދުގައެވެ.

ވިނަރެސް އެޕާޓުމެންޓުތަކަކީ މެރީނާ ވިއު، އިނާ ވިއު އަދި އައުޓަވިއުގެ ތިން ކޮޓަރީގެ އެޕާޓުމެންޓުތަކެވެ. މި އެޕާޓުމެންޓުތަކުގައި ސައިޒު އުޅެނީ، އެންމެ ކުޑަ އެޕާޓުމެންޓެއްގައި 882.85 އެކެވެ. އަދި އެންމެ ބޮޑު އެޕާޓުމެންޓެއްގައި އުޅެނީ، 1،395.64 އެވެ. 

އެޕާޓުމެންޓުތައް ހަވާލުކުރާނީ ފަރުނީޗަރު ނުލައެވެ.

ވިނަރެސްއަކީ ޗައިނާ މެޝީނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)އާ ހަވާލުކޮށްގެން އެޗްޑީސީން ކުރިޔަށް ގެންދާ "މިކްސްޑް ރެޒިޑެންޝަލް ކޮމްޕްލެކްސް" ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓުގެ ދަށުން އިމާރާތްކުރާ 10 ޓަވަރުގައި ތިން ކޮޓަރީގެ 1،344 ހައުސިން ޔުނިޓާއި، އެތަނުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ މުދަލާއި ހިދުމަތްތައް ފޯރުކޮށްދޭން ހާއްސަ ކޮމާޝަލް ޔުނިޓުތައް ހިމެނެ އެވެ.

އެ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތް ނިމޭއިރު، ލިވިން ރޫމާއި ކޮޓަރިތަކުގައި ހުންނާނީ ތަށިމުށި ޖަހައިފަ ކަމަށާއި ފާހާނާގެ ތަޅުމާއި ފާރުގައި ވެސް ތަށިމުށި ޖެހުމާއި ފާހާނާގައި ފިކްސްޗާސްތައް ވެސް ހަރުކޮށްފައި ހުންނާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

އަދި ބަދިގެ ކަބަޑު ސެޓު ވެސް ފާރުގައި ހަރުކޮށްފައި ހުންނާނެ ކަމަށާއި ބެލްކަނީ ހުންނާނީ ދޮންނަ މެޝިން ބެހެއްޓޭ ގޮތަށް، އަދި އި ލިވިން ރޫމާއި ކޮޓަރިތަަކުގައި ވެސް އޭސީ ހަރުކޮށްފައި ހުންނާނޭ ކަމަށް އެޗްޑީސީން ބުނެއެވެ. އެޕާޓްމަންޓްތައް ހަވާލުކުރާއިރު އެތަނުގައި ފަރުނީޗަރެއް ނުހުންނާނެ ކަމަށް އެޗްޑީސީން ބުނެ އެވެ. އެ މަޝްރޫއުގެ ހުރިހާ ޓަވަރެއްގައި އޭޓީއެމް، ސްމާޓް ރެޑީ، ޕާކިން، ސީސީޓީވީ، އަދި ކޮންމެ ޓަވަރެއްގައި ހަތަރު ލިފްޓް ވެސް ހުންނާނެ އެވެ. 

އެޗްޑީސީން ބުނާ ގޮތުގައި އެ މަޝްރޫއުގެ ގްރައުންޑާއި ފަސްޓް ފްލޯ ހާއްސަ ކުރެވިފައި ވަނީ ކޮމާޝަލް އަށެވެ. އަދި އެތަންތަނުގައި އޮފީސް ސްޕޭސް އާއި ސުޕަމާޓް އަދި ކޮންވީނިއެންޓް ސްޓޯރާއި ކެފޭ ރެސްޓޯރަންޓާއި ޖިމް ހުންނާނެއެވެ.

އެ އެޕާޓުމެންޓުތައް ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާއިރު، ނަންނޯޓުކޮށްގެން އެޕާޓުމެންޓުތައް ބަލައިލުމުގެ ފުރުސަތުވެސް އެޗްޑީސީން މިހާރު ވަނީ ހުޅުވާލާފަ އެވެ.

ވިނަރެސް މަޝްރޫއުގެ ފްލެޓުތައް ގަތުމުގެ ފުރުސަތު ދޭން ނިންމާފައިވަނީ އާއްމުންގެ އިތުރުން ހިޔާ މަޝްރޫއިން ފްލެޓް ދޫކޮށްލި މީހުންނާއި، ސީލައިފަށް ފައިސާ ދެއްކި މީހުންނާއި، ގުޅީފަޅުން ފްލެޓް ގަތުމަށް ފައިސާ ދެއްކި މީހުންނަށެވެ.

18%
ކަމުގޮސްފި
18%
އަޑުއެހިތާ މިހުރީ
9%
ސަތޭކައަކުން ސުމެއް
55%
ވަރަށް ސަލާމް
ކޮމެންޓްސް