ads
ކެނެރީގޭ ފާރުގައި އިންޑިއާ އައުޓް ޖަހާފައި:
ނަޝީދުގެ ގެކޮޅުގައި އިންޑިއާ އައުޓް ޖެހި މައްސަލާގައި މީހަކު ހައްޔަރުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ގެކޮޅު، ކެނެރީގެ ފާރުގައި "އިންޑިއާ އައުޓް" ޖެހި މައްސަލާގައި މިއަދު ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު "ސީއެންއެމް"އަށް ވަނީ އެމައްސަލާގައި 28 އަހަރުގެ ފިރިހެނަކު ހައްޔަރުކުރިކަން ކަަށަވަރުކޮށްދީފަ އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިއަދު ކޯޓު އަމުރެއްގެ ދަށުންނެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތައް ނުރައްކާވާކަމެއް ކަމަށް ކަނޑައަޅާ އެކަން އެމަނިކުފާނުގެ ގަރާރަކުން މަނާ ކޮށްފަ އެވެ. އޭގެފަހުން ވެސް އިންޑިއާ އައުޓް ހަރަކާތް ހުއްޓުވިފައި ނުވާއިރު، އެ ހަރަކާތާއި އެންމެ ބޮޑަށް އިދިކޮޅު އެއްބޭފުޅަކީ ނަޝީދު އެވެ. 

ނަޝީދުގެ ގެކޮޅުގައި އިންޑިއާ އައުޓު ޖަހާފައިވަނީ، ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވާ ހ. ދޫވެހީގައި ހަރުކުރި އިންޑިއާ އައުޓް ޖަހާފައިވާ ބޮޑު ބެނާ އެ ގެއަށް ވަދެ ފުލުހުން ނެގީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން މިދިޔަ މަހުގެ 29 ވަނަ ދުވަހު ކުރި ހުކުމަށް ވަރަށް ބޮޑަށް ނަޝީދު ފާޑު ވިދާޅުވެފައިވަނިކޮށް، އެމަހުގެ 31 ވަނަ ދުވަހުއެވެ. 

މިދިޔަ މަހުގެ 11 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ރައީސް ޔާމީން ދިރިއުޅުއްވާ ގެކޮޅު ހ. ދޫވެހި އަދި ޕީޕީއެމް އޮފީސް ހިމެނޭ ހ. ހުރަފަގޭގެ ދޮރުމައްޗަށް ވެސް ވަނީ ރައީސް ޔާމީން ހައްޔަރުކުރަން ގޮވާލާ ކަރުދާސްތަކަކެއް އަޅާ، ސްޕްރޭ ކޮށްފައެވެ. 

އެ މައްސަލަ އާއި ގުޅިގެން ވެސް ފުލުހުން ވަނީ، ކޯޓު އަމުރެއްގެ ދަށުން 20 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް