ads
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު
އިގްތިސާދަށް އަސަރުކިއަސް މަޝްރޫތައް ނުހުއްޓާނެ: ފިނޭންސް މިނިސްޓަރު
ކޮރޯނާ ވައިރަހުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އަސަރު ކުރި ނަމަވެސް، ޕީއެސްއައިޕީ ޕްރޮޖްކްޓުތައް ހުއްޓައި ނުލައި ކުރިއަށް ގެންދާނެކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ކާށިދޫ ދާއިރާގެ މެންރަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ސުވާލުތަކަށް ޖަވާބު ދެއްވަން މަޖިލީހަށް ވަޑައިގެން މިނިސްޓަރު މިއަދު ވިދާޅުވީ ކޮރޯނާ ވައިރަހުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ކުރާ އަސަރު ދެތިން މަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް ކުރުން އެކަށީގެންވާކަމަށެވެ. 

މިނިސްޓަރު ވިދާޅުވީ، ޗައިނާއަކީ ދުނިޔޭގެ "އިގްތިސާދުގެ ކާރުހާނާ" ކަމަށެެވެ. އަދި ޗައިނާގެ އިގްތިސާދަށް ކުރާ އަސަރެއް އެހެން ގައުމުތަކަށް ވެސް ކުރާނެކަމަށެވެ. 

ކޮރޯނާ ވައިރަސް ފެތުރެން ފެށީ ޗައިނާގެ ވޫހާން ސިޓީންނެވެ. ޗައިނާގެ ގިނަ ފެކްޓްރީތަކެއް ވަނީ ހުއްޓުމަކަށް އައިސްފައެވެ. 

"ޗައިނާގެ އިގްތިސާދަށް އަންނާނެ ކޮންމެ ލޮޅުމަކީ، ދުނިޔޭގެ ކޮންމެ ގައުމެއްގެ އިގްތިސާދަށް ވެސް އަންނާނެ ލޮޅުމެއް. އަދި އެކަމުގައި ރާއްޖެ އިސްތިސްނާ ނުވާނެތީ ހަރަދު ކުޑަކުރަން ކޮންމެހެން މަޖުބޫރު،" - ފިނޭންސް މިނިސްޓަރު -

މިނިސްޓަރު ވިދާޅުވީ ކޮރޯނާ ވައިރަހުގެ ސަބަބުން އިގްތިސާދަށް އަންނަ ލޮޅުމަށް ސަރުކާރުން ތައްޔާރުވުމުގެ ގޮތުން ރިކަރަންޓު ހަރަދު ކުޑަކުރަން ނިންމާފައިވާކަމަށެވެ. އެހެން ނަމަވެސް ޕީއެސްއައިޕީ ޕްރޮޖެކްޓުތައް ނުހުއްޓޭނެކަމަށެވެ. 

ކޮރޯނާ ވައިރަސްއާ ގުޅިގެން މުޅި ދުނިޔެއަށްވެސް އިގްތިސާދީ ގޮތުން ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް އިގްތިސޯދީ މާހިރު ލަފާ ކުރި ނަމަވެސް، ރާއްޖޭގެ އިގްތިސާދަށް ކުރާނެ އަސަރު ބުނަން އަވަސް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ  ޓެކުސް ފައިސާތައިން ލިބޭ އާމްދަނީއަށް އަންނަ ލޮޅުމުގެ އަސަރު، ފެންނަން ފަށާނީ އަދި ދެތިން ހަތަރު މަސް ފަހުންކަމަށެވެ. 

 

"މިހާތަނަށް ޕީއެސްއައިޕީ ޕްރޮގްރާމްގެ ދަށުން ޕަބްލިކް ސާވިސް އިންވެސްޓްމަންޓް އެއްވެސް ވަރަކަށް ހުއްޓާލުމަށް އެކަހަލަ އެއްވެސް ކަހަލަ ވިސްނުމެއް ނެތް. އިރާދަކުރެއްވިއްޔާ ބަޖެޓްގައި ހިމެނިފައިވާ ގޮތަށް އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވޭނެ،" -މިނިސްޓަރު އަމީރު -

ހަރަދު ކުޑަ ކުރުމަށް ކަމަށް ސަރުކާރުން ކުރަން ނިންމާފައިވާ ކަންތައްތައް: 

  1. މުވައްޒަފުންނަށް ހިނގާ ހަރަދު،
  2. އިދާރީ ހިންގުމުގެ ހަރަދު، 
  3. ދަތުރުފަތުރުގެ ހަރަދު، 
  4. މަރާމާތާއި ބެލެހެއްޓުމުގެ ހަރަދު.
0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް