ads
މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީ
ސަހުބާންގެ އިތުބާރު ނެތް ކަމަށް މިފަހަރުވެސް ފާހެއް ނުވި
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސްގެ މަގާމުގައި ހުންނެވި ޝަހުބާން ފަހުމީގެ އިތުބާރު ނެތްކަމަށް މިރޭ ނެގި ވޯޓުންވެސް ފާހެއްނުވި އެވެ.

ކިންގްސް ފޮރެކްސް ޓްރޭޑިން ކުންފުނިން ގާނޫނާ ހިލާފަށް އިންވެސްޓްމަންޓް ކޮށްދޭނެ ކަމަށްބުނެ އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދުމާއި އެ ފައިސާ ލޯންޑާކުރާ ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ފުލުހުން ވަނީ ކޮށްފަ އެވެ.  

އެ ކަމާއި ގުޅިގެން މިދިޔަ މަހުގެ 22 ވަނަ ދުވަހުވެސް އެކައުންސިލުން ބޭއްވި ކުއްލި ބައްދަލުވުމުގައި ނެގި ވޯޓު ނިމުނީ ޝަހުބާން އާއި އެއްކޮޅަށެވެ. އެރޭ ނެގުނު ސިއްރު ވޯޓުގައި ޝަހުބާންގެ އިތުބާރު ނެތްކަމަށް ވޯޓުދީފައިވަނީ އަށް މެމްބަރުންނެވެ. އިތުބާރު އޮތްކަމަށް ހަތަރު މެމްބަރަކު ވޯޓުދިނެވެ. 

މިރޭ އެކައުންސިލުން ބޭއްވި، 32 ވަނަ ޖަލްސާގައި އެ މައްސަލައާއި މެދު ގޮތެއް ނިންމުމަށް ނެގި ވޯޓުގައި އޭނާ ވަކި ކުރަން ފެންނަ ކަމަށް ނުވަ މެންބަރަކު ވޯޓު ދިން އިރު، އޭނާ ވަކި ކުރަން ނުފެންނަ ކަމަށް ވޯޓު ދިނީ އެންމެ މެމްބަރެކެވެ. 

މީޑިއާ ކައުންސިލްގެ ގާނޫނު ބުނާ ގޮތުން، މެމްބަރަކު މަގާމުން ވަކި ކުރެވޭނީ އެ ކައުންސިލްގެ ތިންބައިކުޅަ ދެބައި މެމްބަރުންގެ ވޯޓުންނެވެ. 15 މެމްބަރުން ތިއްބަވާ އެކައުންސިލުގެ މަދުވެގެން 10 މެމްބަރުންގެ ވޯޓު މީހެއްގެ އިތުބާރު ނެތްކަމަށް ފާސްކުރަން ބޭނުންވެއެވެ.

ފައިސާ ލޯންޑާކުރާ ކަމުގެ ތުހުމަތު ޝަހުބާންގެ މައްޗަށް ފުލުހުން ކޮށްފައި ވާއިރު، އޭނާ މީޑިއާ ކައުންސިލްއިން ވަކިކުރަން ޖެހޭ ކަމަށްބުނެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީއަށް ވަނީ ހުށަހަޅާފަ އެވެ. 

އެކޮމިޓީއަށް ހާޒިރުކޮށް ޝަހުބާން އާއި ސުވާލުތައް ކުރިމަތިކުރުމުން އޭނާ ވަނީ، އޭނާގެ ހިއްސާ އޮންނަ ކުންފުނީގެ މައްޗަށް މަނީ ލޯންޑަރިންގެ މައްސަލަ އެއް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށާއި، ކުރެވެނީ ތުހުމަތުތަކެއް ކަމަށް ބުނެފަ އެވެ. 

އަދި ފުލުހުން ހިންގާ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ފޮނުވާ ހިސާބުން މީޑިޔާ ކައުންސިލްގެ ރައީސްގެ މަގާމުން އިސްތިއުފާ ދޭނެ ކަމަށް ކޮމިޓީގައި ވާހަކަދައްކަމުން ޝަހުބާން ބުންޏެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް