ads
އެފްއޭއެމްގެ ކޮންގްރެސް ތެރެއިން
ބޮޑު ބަޖެޓަކާއެކު އެފްއޭއެމް ހިންދެމިލަނީ
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް މާލީ ގޮތުން ދިމާވެފައިވާ ދަތިތަކުން އަންނަ ހަފްތާގައި އަރައިގަނެވޭނެ ކަމަށް އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

މާލީ ބޮޑެތި ގޮން ޖެހުންތަކާއި މި ފަހުން ކުރިމަތިވެފައިވާ އެފްއޭއެމްގެ ރައީސް ބައްސާމް މިހެން ވިދާޅުވީ ހޯމަ ދުވަހު މެންދުރު ފަހު އޮތް އެފްއޭއެމްގެ ކޮންގްރެސްއަށް ފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ. ބައްސާމް ވިދާޅުވީ، އަންނަ ހަފްތާގައި މާލީ ދަތިތަކުން އަރައިގަނެވޭނެ ކަމަށާއި އެކަމަށް މަގުފަހިވި މައިގަނޑު ސަބަބަކީ މިދިޔަ ދުވަސްތަކުގައި ހަރަދުތައް ކުޑަ ކުރުން ކަމަށެވެ. އެފްއޭއެމްގެ ކޮންގްރެސްއިންވަނީ މި އަހަރަށް އެ އެސޯސިއޭޝަނަށް އަށްޑިހަ އަށް މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައެވެ.

މިދިޔަ އަހަރު އަޅުގަނޑުމެން ކްލަބްތަކަށް ދޭ މާލީ އެހީ ހުއްޓާލި ކަމުގައި ވީ ނަމަ އަޅުގަނޑުމެންނަށް ފެނިގެން ދިޔައީހީ ވަރަށް ގިނަ ކުޅުންތެރިންތަކެއް މަގުމަތި ވެގެން ދާނެ ތަން. އެހެން ނަމަވެސް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އެފްއޭއެމް އަނެއްކާ ވެސް އެނބުރި ފައިނޭންޝިއަލީ ވަރުގަދަ ތަނަކަށް ބަދަލުވެގެންދާނެ ކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން.

އަންނަ ހަފްތާގައި އެފްއޭއެމް މާލީ ގޮތުން ހިންދެމިލާނެ ކަމަށް އެ އިދާރާއިން ބުނިއިރު، ވޭތިވެދިޔަ ދުވަސްތަކުގައި އެ އިދާރާގެ މުވައްޒަފުންނަށް މުސާރަ ނުދިނުމުގެ މައްސަލަ އެތައް ފަހަރަކު ކުރިމަތިވެފައިވެއެވެ. އޭގެ އިތުރުން، ގައުމީ ޓީމުގެ ކޯޗު އަދި އެސިސްޓެންޓް ކޯޗު މަގާމުން ވަކިކުރުމުގައި ހަދާފައިވާ ގޯސްތަކުގެ ސަބަބުން ފީފާއިންވަނީ ކޯޗާއި އެސިސްޓެންޓް ކޯޗަށް ބަދަލު ދޭން އެފްއޭއެމަށް އަންގާފައެވެ.

އެފްއޭއެމްގެ ކޮންގްރެސްގައި އަށްޑިހަ އަށް މިލިއަން ރުފިޔާގެ ބަޖެޓެއް މި އަހަރަށް އެ ކްލަބުން ފާސްކޮށްފައިވާއިރު، އެ އަދަދަކީ އެ އިދާރާއަށް ލިބޭނެ ކަމަށް އަންދާޒާ ކުރާ އަދަދަށްވުރެ އިތުރު ބަޖެޓެކެވެ. އެހެންކަމުން މި އަހަރުވެސް އެފްއޭއެމް މާލީ ގޮތުން ނިންމާލާނެ ކަމަށް ބެލެވެނީ ދަރަނިވެރިވެގެންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް