ads
މެމްބަރު އަހުމަދު ތޯރިގް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޕީޕީއެމުން މާލިއްޔަތު ގާނޫނަށް ހުށަހެޅި އިސްލާހު ބަލައެއް ނުގަތް
ދައުލަތުގެ މާލިއްޔަތު ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ބަލައިނުގަތުމަށް ނިންމައިފި އެވެ.

ގާނޫނު ނަމްބަރު 3/2006 ދައުލަތުގެ މާލިއްޔަތު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް އިސްލާހު ގެނައުމަށް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްއަށް ނިސްބަތްވާ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގެވެ. 

މަޖިލިސް ފަށްޓަވައި ދެއްވައި އެންމެ ފުރަތަމަ ރައީސް ނަޝީދު ވަނީ މި ގާނޫނަށް އިސްލާހު ގެނައުމާމެދު ވާހަކަ ދައްކަވާފަ އެވެ. 

ރައީސް ނަޝީދު ވިދާޅުވީ މާލިއްޔަތު ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ލިބިދީފައި އޮތް ބާރު ވަޒީރުންގެ މަޖިލީހަށް ޕީޕީއެމް އިން މީގެކުރިން ދީފައިވާ ކަމަށާއި، ހަމަ އެކަން ތަކުރާރުކޮށް ކުރިން އޮތްގޮތަށް ބާއްވަން އަނެއްކާވެސް ޕީޕީއެމް އިން ހުށަހަޅަނީކަމަށެވެ. 

"އަޅުގަނޑު މިދެންނެވި ވާހަކައަކީ މި މަޖިލީހުގައި އޮތް ބާރެއް ޕީޕީއެމުން މަޖިލީހުން ނަގާ ވަޒީރުންގެ މަޖިލީހަށް ގެންދެވި ވާހަކަ އަދި އެއީ ފަހުން އަނެއްކާވެސް ޕީޕީއެމުން ހަމަ އެބާރު މަޖިލީހަށް ގެނައުމަށް ހުށަހެޅުއްވި ވާހަކަ." މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ދައުލަތުގެ މާލިއްޔަތު ގާނޫނަކީ އެމަނިކުފާނުގެ ހަޔާތާއި ވަރަށް ބޮޑަށް ގުޅިފައިވާ ގާނޫނެއް ކަމަށެވެ. އަދި މާލިއްޔަތު ގާނޫނު އުފެދިގެން މިއަދާއި ހަމައަށް ހުށަހެޅިފައިވާ އިސްލާހުތަށްވެސް މަޖިލީހުގައި ރައީސް ނަޝީދު ހިއްސާކުރެއްވި އެވެ.

ދައުލަތުގެ މާލިއްޔަތުގެ ގާނޫނު 2006 ވަނަ އަހަރު ފުރަތަމަ އަމަލުކުރަން ފެށި އިރު ދައުލަތުގެ ނަމުގައި ދަރަންޏަށް ފައިސާ ނަގަންވާނީ ނުވަތަ ދައުލަތުގެ ނަމުގައި ގެރެންޓީއެއް ދެވޭނީ އެދަރަނި ނެގުމުގެ ސަބަބުން ނުވަތަ ގެރެންޓީއެއް ދިނުމުގެ ސަބަބުން ގައުމުގެ އިގްތިސާދަށާއި ދައުލަތުގެ މާލިއްޔަތަށް ކުރާނެ އަސަރު ދިރާސާ ކުރުމަށްފަހު ފިނޭންސް މިނިސްޓަރު ރައީސުލް ޖުމްހޫރިއްޔާއަށް ހުށަހެޅުމުން އޭރުގެ ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅާ ގޮތެއްގެ މަތިން އަދި އެދަރަންޏެއް ނަގާ ކޮންމެ ފަހަރަކު ނުވަތަ ގެރެންޓީއެއްދޭ ކޮންމެ ފަހަރަކު އެކަމެއް 30 ދުވަހުގެ ތެރޭގައި ފިނޭންސް މިިސްޓަރު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިގެން އެކަމެއް ފާސްކޮށްގެން ކަމަށެވެ. 

މީގެ އިތުރުން 2010 ވަނަ އަހަރު ގެނައި އިސްލާހުގައި ބުނެފައިވަނީ ދައުލަތުގެ ނަމުގައި ދިވެހި ސަރުކާރުން އެއްވެސް ދަރައްޏެއް ނަގަންވާނީ ނުވަތަ ގެރެންޓީއެއްދޭން ވާނީ މިނިސްޓަރު އެކަމަށް އެދި ރައީސުލް ޖުމްހޫޜިއްޔާއަށް ހުށަހަޅާ އެކަން އެގޮތަށް ކުރަން ރައީސުލް ޖުމްހޫރިއްޔާ ހުއްދަކުރާނަމަ ރައީސުލް ޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާ އެހުށަހެޅުން މަޖިލީހުގެމެންބަރުންގެ އަގުލަބިއްޔަތުން ފާސްވެގެން ކަމަށެވެ.

"މީ 2006 ވަނަ އަހަރު އޮތް ގޮތް. މި އުސޫލަށް ގެނައި އިސްލާހު 2010 ވަނަ އަހަރު މާލިއްޔަތު ގާނޫނަށް ގެނައި އެއްވަނަ އިސްލާހު ވަނީ ބަދަލުކޮށްފަ. އެއީ ދައުލަތުގެ ނަމުގައި ދިވެހި ސަރުކާރުން އެއްވެސް ދަރައްޏެއް ނަގަންވާނީ ނުވަތަ ގެރެންޓީއެއްދޭން ވާނީ މިނިސްޓަރު އެކަމަށް އެދި ރައީސުލް ޖުމްހޫޜިއްޔާއަށް ހުށަހަޅާ އެކަން އެގޮތަށް ކުރަން ރައީސުލް ޖުމްހޫރިއްޔާ ހުއްދަކުރާނަމަ. ރައީސް ނަޝީދު ވިދާޅުވި އެވެ.

2014 ވަނަ އަހަރު މާލިއްޔަތު ގާނޫނަށް ގެނައި 4 ވަނަ އިސްލާހު ގައި ބުނެފައިވަނީ ދައުލަތުގެ ނަމުގައި ދަރަންޏަށް ފައިސާ ނެގުމާއި، ދައުލަތުގެ ނަމުގައި ގެރެންޓީ ދިނުމުގެ އުސޫލު ދައުލަތުގެ މާލިއްޔާތު ގާނޫނުގައި ފުރަތަމަ އޮތް ގޮތަށް ވަނީ ބަދަލުކޮށްފަ އެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ގޮތެއްގެ މަތިން ދިވެހި ސަރުކާރުން ގެރެންޓީ ދިނުމާއި ލޯނުނެގުމެވެ. މިހާރުވެސް އަމަލުކުރަމުންދަނީ މިގަވައިދާއި އެއްގޮތަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް