ads
އައްޑޫ މިސްކިތެއް ހުޅުވުމުގެ ރަސްމިއްޔާތުގައި ކުރީގެ މޭޔަރ
އަޚްލާގީ ފެންވަރު ދަށް މުދިމު ވަޒީފާއިން ވަކިކުރީ ރަނގަޅަށް
އައްޑު އަތޮޅު ހިތަދޫ މަސްޖިދުއް ތައާވުން މިސްކިތުގެ މުދިމު، ވަޒީފާއިން ވަކިކޮށްފައިވަނީ ރަނގަޅަށް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ކަނޑައަޅައިފިއެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލުން މި ގޮތަށް ކަނޑައަޅާފައިވަނީ، ހިތަދޫ މަސްޖިދުއް ތައާވުން މިސްކިތުގެ މުދިމު، މިދިޔަ އަހަރުގެ އޭޕްރީލް މަހު ވަޒީފާއިން ވަކިކޮށްފައިވަނީ ގަވައިދާ ޚިލާފަށް ކަމަށް ބުނެ، އަލުން ވަޒީފާ ހޯދުމަށް މުދިމުގެ ފަރާތުން ސިވިލް ސަރވިސް ކޮމިޝަނުގެ މައްޗަށް ކުރި ދައުވާގައެވެ. މި މައްސަލައިގެ ހުކުމް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އިއްވާފައިވަނީ މިދިޔަ ހަފްތާގައެވެ.

މުދިމު މިސްކިތަށް ވަގުތަށް ބަންގި ގޮވަން ނުދިޔުމާ، މިސްކިތަށް ދާއިރު ސާފު ތާހިރު ނުވުމާ، މިސްކިތަށް އަރާ މީހުންނާ އަދި މިސްކިތުން ބޭރުގައިވެސް މީހުންނާ ހަޑި ހުތުރު ބަހުން މުއާމަލާތް ކުރުމާއި، ނާންގައި އެހެން މީހުންނަށް މިސްކިތުގައި ބަންގި ގޮވައި ނަމާދު ކުރަން ހަވާލު ކުރުމާއި ހާޒިރު ނުވާ ގަޑިތަކުގައި ހާޒިރީގައި ސޮއިކޮށްފައި ހުރުން ފަދަ ގިނަ މައްސަލަތައް ފާހަގަ ކުރެވިފައިވޭ

މި މައްސަލައިގައި ސިވިލް ސަރވިސް ކޮމިޝަނާ ދެކޮޅަށް ދައުވާ ކުރި މުދިމު ބުނެފައިވަނީ، 2009 ވަނަ އަހަރުން ފެށިގެން އިސްލާމިކް މިނިސްޓްރީގެ މުދިމެއްގެ މަގާމުގައި އޭނާ އަދާކުރަމުން ދަނިކޮށް، މިދިޔަ އަހަރުގެ އޭޕްރީލް މަހު އޭނާ މަގާމުން ވަކިކޮށްފައިވަނީ ގަވައިދާ ހިލާފަށް ކަމަށް ކަނޑައަޅައި، އަލުން އަނބުރާ ވަޒީފާއަށް ރުޖޫއަކޮށްދިނުމަށެވެ. އެހެންނަމަވެސް އެކަމާ ދެކޮޅަށް ވަކާލާތު ކުރި ސިވިލް ސަރވިސް ކޮމިޝަނުންވަނީ މުދިމު ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަން ސާބިތުކޮށްދީފައެވެ. މި މައްސަލައިގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ހުކުމް ކޮށްފައިވަނީ ޖޫން މަހުގެ ދެވަނަ ދުވަހުއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް