ads
މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު
ވިންޓާ ނާންނާނެކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވިއަސް ގަބޫލެއް ނުކުރެވޭ: ސައީދު
ވިންޓާ ނާންނާނެކަމަށް ފިނޭންސް މިނިސްޓަރު އިބްރަހިމް އަމީރު ވިދާޅުވިއަސް އެކަން ގަބޫލުކުރަން ދަތިކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ނައިފަރު ދާއިރަގެ މެންބަރު އަހުމަދު ޝިޔާމް ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތައް ތައްންފީޒުކޮށް ކައުންސިލްތައް ހިންގުމަށް ކުރިމަތިވަމުން ދާ ދަތިތައް ހައްލުކޮށްދެއްވުމަށް ސަރުކާރުން އިލްތިމާސް ކުރުމަށްޓަކާ ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން ކުރީގެ އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ، ސަރުކާރުން ލޯނުގެ މައްޗަށް ލޯނު ނަގަމުން ގޮސް ލޯނުތައް 100 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށެވެ. 

ސައީދު ވަނީ ތަކެތީގެ އަގު އުފުލޭ މައްސަލައިގައި ވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. 

މިގޮތުން ސައީދު ވިދާޅުވީ ކުކިން އޮއިލް 1.8 ލީޓަރު 2021 ގަ މި ލިބެނީ 55 ރުފިޔާއަށް ލިބުނަށް މިހާރު ލިބެނީ 80 ރުފިޔާއަށް ކަމަށެވެ. 13 ރުފިޔާއަށް ހުރި މަސްދަޅު ވެސް މިހާރު ލިބެނީ 19 ރުފިޔާއަށް ކަން ވެސް ސައީދު ފާހަގަކުރެއްވިއެވެ.  

"އެކެއް ޕޮއިންޓު ހަތަރެއް ކިލޯގެ މައިލޯ ދަޅެއް ސަތޭކަ ހަތްދިހަ ފަސް ރުފިޔާއަށް ދެހާސް އެކާވީހުގަ. މިހާރު ދުއިސައްތަ ވިހި ރުފިޔާއަށް،" - ތަކެތީގެ އަގު ބޮޑުވަމުން އަންނަ ގޮތުގެ މިސާލު ދައްކަވަމުން ސައީދު ވިދާޅުވިއެވެ. 

ސައީދު ވިދާޅުވީ މިހާރު "ވިންޓާ ނާންނާނެ" ކަމަށް އިގްތިސާދީ ވަޒީރު ވިދާޅުވިއަސް އެކަން ގަބޫލުކުރަން ދަތިކަމަށެވެ. ވިންޓާ އަންނަ ކަމަށް ސައީދު އެ އިޝާރަތް ކުރައްވަނީ އެޗްބޯއޯގެ މަޝްހޫރު ޓީވީ ސީޒް "ގޭމް އޮފް ތްރޯންސް" ގައި ބުނާގޮތަށް ބޮޑުކަމެއް ލައިގަންނަން އުޅުމުން "ވިންޓާ އިސް ކަމިން" ނުވަތަ "ފިނި މޫސުން އަންނީ" ކަމަށް ބުނާ ބުނުމަށެވެ.

"މި އަހަރުގެ ޖެނުއަރީ މަހު ރާޖަޕަކްސާ ވެސް ވިދާޅުވި ހާސްކަމެއް ނެތޭ. ރައީސް ސާލިހު މި ދެ ބޭފުޅުން ވިދާޅުވާ ކޮންމެ ވާހަކަފުޅެއް އެ ރިޕީޓުކޮށްލައްވަނީ،" ސައީދު ވިދާޅުވިއެވެ. 

ރައީސް ސާލިހު މީޑިއާތަކާ ބައްދަލުނުކުރައްވާތާ މިހާތަނަށް 300 ދުވަސް ހިނގާފައިވާކަމަށް ވެސް ސައީދު ފާހަގަކުރެއްވިއެވެ. 

  

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް