ads
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް
މި މަސް ނިމުމުގެ ކުރިން 3000 ގޯތި ދޫކުރަން އިއުލާން ކުރާނަން: ރައީސް
މި ހިނގާ ޖޫން މަސް ނިމުމުގެ ކުރިން މާލޭ ސަރަހައްދުން ދޫކުރަން ކަނޑައަޅާފައިވާ 5000 ގޯތީގެ ތެރެއިން 3000 ގޯތި ދޫކުރަން އިއުލާން ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން އެމަނިކުފާނު މާލެ ސަރަހައްދުން ދޫކުރާނެ ކަމަށް އިއުލާން ކުރެއްވި 5000 ގޯތީގެ ތެރެއިން 3000 ގޯތި މި މަސް ނިމުމުގެ ކުރިން ދޫކުރުމަށް އިއުލާން ކުރާނެ ކަމަށެވެ. 

ފަސްހާސް ގޯތީގެ ތެރެއިން 3000 ގޯތި ދޫކުރުމަށް ކުރަންޖެހޭ ކަންކަމުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށާއި، އޭގެ ތެރެއިން ގިނަ ކަންކަން މިހާރު ނިމި އިއުލާން ކުރާ ހިސާބަށް ގޮސްފައި ވާކަމަށް ރައީސް ވިދާޅުވި އެވެ. 

"ލަސްތަކެއް ނުވެ މުމާލޭގެ ރަށްވެހިންނަށް، ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމާއި، ބިންވެރިކަން ހޯދައިދިނުމަށް ކުރިއަށްގެންދާ މަޝްރޫއު އަމަލީ ގޮތުން ފެށިގެން ދާނެ." ރައީސް ވިދާޅުވި އެވެ.

ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ފިލުވުމުގެ ގޮތުން މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެގެން 1,000 ގޯއްޗާއި، ގުޅީފަޅުން މަދުވެގެން 2,000 ގޯތި ދޭން ނިންމާފައިވާކަމަށާއި މިމަސައްކަތް މިއަހަރު ޖޫންގައި ފަށައިގެން ކުރިޔަށް ގެންދާނެކަމަށް ރައީސް މިއަހަރަށް މަޖިލީސް ހުޅުއްވަމުން އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވި އެވެ. 

އެމަނިކުފާނު ވިދާޅުވީ ގިރާވަރު ފަޅު ހިއްކާ އެބިމުންވެސް މަދުވެގެން 2,000 ގޯތި މާލޭ ރަށްވެހިންނަށް ދޭން ނިންމާފައިވާ ކަމަށާއި، ގިރާވަރު ފަޅަކީ ތިލަމާލެ ބްރިޖް އެދާ ގޮތަށް ގޮސް ގުޅާލެވޭ ތަނަކަށް ވެގެންދާނެކަމުގައެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް