ads
މުހައްމަދު ޝަފާއު ހަސަން
އެމްއެމްސީގެ ރައީސް ކަމުގެ މަގާމަށް ޝަފާއު
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ އާ ރައީސަކަށް އެ ކައުންސިލްގެ މެމްބަރު މުހައްމަދު ޝަފާއު ހަސަން މިއަދު އިންތިހާބުކޮށްފިއެވެ.

އެމްއެމްސީގެ މިއަދުގެ ޖަލްސާގައި އޭނާ ރައީސް ކަމަށް އިންތިހާބުވީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ނުވަ މެމްބަރުންގެ އިއްތިފާގުންނެވެ.

މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް ޝަހުބާން ފަހުމީ އިއްޔެ ވަނީ އެ މަގާމުން އިސްތިއުފާދެއްވާފައެވެ.

ޝަހުބާން ވިދާޅުވީ މީޑިޔާ ކައުންސިލްގެ ރައީސްކަމުން އިސްތިއުފާދީފައިވަނީ އެއްވެސް ފަރާތަކުން އެދިގެން ނޫންކަމަށެވެ. އަދި ވިދާޅުވީ އިސްތިއުފާ ދިނީ މީޑިޔާ ކައުންސިލަށް މިވަގުތު އެންމެ ރަގަޅު ގޮތަކީ އިސްތިއުފާދިނުން ކަމުގައި ފެންނާތީ ކަމަށެވެ. 

ޝަހުބާންގެ މައްޗަށް ވަނީ މަނީ ލޯންޑަރީގެ ތުހުމަތު ކޮށްފައެވެ. ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް