ads
ފޮޓޯ ބީއެމްއެލް:-
ބީއެމްއެލްއިން ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއެކު ޑައިވިނަން
ވޯލްޑް އޯޝަންސް ޑޭ ފާހަގަ ކުރުމަށް ބޭންކް އޮފް މޯލްޑިވްސް، (ބީއެމްއެލް) އިން ޑައިވް ކްލަބްތަކާއި ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް 'ޑިސްކަވަރ ޑައިވް' ގެ ހަރަކާތްތަކެއް ހިންގައިފިއެވެ.

މި ޑައިވްގައި މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕާސަންސް ވިތް ޑިސޭބިލިޓީސް އަދި އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުން ވަނީ 18 ކުދިން ބައިވެރިވެފައެވެ.

ރާއްޖޭގައި ފާހަގަކޮށްލެވޭ 3 ޑައިވް ސެންޓަރެއް ވަނީ މި ޑިސްކަވަރ ޑައިވްގެ ހަރަކާތްތައް ހިންގުމުގައި ބައިވެރިވެފައެވެ . އެއީ ޑައިވަރސް ލޮޑްޖް މޯލްޑިވްސް، ޑައިވް ކްލަބް މޯލްޑިވްސް އަދި މޫދު ބުޅާ ޑައިވް ސެންޓަރ އެވެ. މި ޕްރޮގްރާމް ހިންގުމުގެ މައިގަނޑު އެއް މަގްސަދަކީ ޑައިވް ކުރުމަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތެރަޕިއުޓިކް ކަމަކަށް ވުމާއެކު އެކަމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި އެކުދިންނަށް ވެސް ހަމަހަމަ ފުރުސަތުތައް ހޯދައިދިން ކަމަށް އެ ބޭންކުން ބުނެއެވެ.

މިދުވާހާއި ގުޅުވައިގެން ބޭންކުން ވަނީ ޓިކްޓޮކް ޗެލެންޖެއްވެސް ހުޅުވާލާފައެވެ. 'މޫދު މޯމެންޓްސް' ގެ ނަމުގައި ކުރިޔަށްދާ މި ޗެލެންޖުގައި މޫދު ސިފަވާ ގޮތް ނުވަތަ މޫދަކީ ކޮބައިކަން ހާމަކޮށް، ވީޑިއޯއެއް އުފައްދައި ޓިކްޓޮކްގައި ހިއްސާކުރަންޖެހެއެވެ. ޓިކްޓޮކްގައި ޕޯސްޓްކުރާ ވީޑިއޯތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ގިނަ އިނާމުތަކެއް ލިބިގެންދާނެއެވެ.

މި ޗެލެންޖްގައި ބައިވެރިވުމުގެ ފުރުސަތު 13 ޖޫން 2022 ގެ ނިޔަލަށް ލިބިގެންދާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް