ads
މީޑިއާ ކައުންސިލްގެ ރައީސް މުހައްމަދު ޝަފާއު ހަސަން
މީޑިޔާ ކައުންސިލް ގާނޫނަށް ބަދަލުގެންނަންޖެހޭ: ކައުންސިލް ރައީސް
މީޑިޔާ ކައުންސިލް ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް މަސައްކަތްކުރައްވަމުން އަންނަ ކަމަށް މޯލްޑިވްސް މީޑިޔާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް ޝަފާއު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

މީޑިޔާ ކައުންސިލްގެ ރައީސްކަމުގެ މަގާމުގައި މީގެ ކުރިން ހުންނެވި ޝަހުބާން ފަހުމީ އިސްތިއުފާ ދިނުމުން އެމަގާމަށް ޝަފާއު އިންތިހާބުކޮށްފައިވަނީ އިއްޔެ އެވެ. 

"ސީއެންއެމް"އަށް ޝަފާއު މިއަދު ވިދާޅުވީ ކުރިއަށް އޮތީ މީޑިޔާ ކައުންސިލްގެ އިންތިހާބު ކަމަށެވެ. އަދި ވިދާޅުވީ ކައުންސިލްގެ ގާނޫނުގައި ބައެއްކަންކަން އިސްލާހުކުރަން މިވަގުތުވެސް ޖެހޭ ކަމަށެވެ. 

ޝަފާއު ވިދާޅުވީ މީޑިޔާ ކައުންސިލްގެ ގާނޫނުގައި ކައުންސިލަށް އިންތިހާބު ކުރާ ފަރާތެއް ދެވަނަ ދައުރަކަށް އެ މަގާމަށް ކުރިމަތި ނުލެވުމަށް އޮންނަ މާއްދާއަށް އިސްލާހު ގެންނަން ޖެހޭ ކަމަށެވެ. އަދި މިކަމާ ކައުންސިލްގެ ބައްދަލުވުމުގައި މެންބަރުންނާއި މަޝްވަރާކުރައްވާނެ ކަމަށެވެ. 

"އެއްދައުރަށް ހޮވޭ މީހަކު ދެވަނަ ދައުރަކަށް ކުރިމަތިނުލެވޭ ގޮތައް މި އޮންނަނީ. އެހެންވީމަ އެކަން އެއީ އެންމެ އިންސާފުވެރި ރަގަޅު ގޮތެއްވެސް ނޫން. އަޅުގަނޑު މިދަނީ ކައުްނސލްގެ މެންބަރުންނާއި ބައްދަލުކޮށް މަޝްވަރާވެސް ކުރަމުން މިކަމަށް ގާނޫނީ ގޮތުން ހައްލު ގެނައުމަށް." ޝަފާއު ވިދާޅުވި އެވެ.

މީޑިޔާ ކައުންސިލްގެ މިހާރުގެ ދައުރު ނިމޭނީ އަންނަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހަށެވެ. ކައުންސިލްގައި ތިއްވަނީ ޖުމްލަ 15 މެންބަރުންނެވެ.

މީޑިޔާ ކައުންސިލްގެ ގާނޫނުގައިވާގޮތުން ކައުންސިލްގެ މިދައުރު ހަަވުމުން އަލަށް މެންބަރުން އިންތިހާބުކުރާއިރު އިންތިހާބު ކުރަނީ 13 މެންބަރަކަށެވެ. ބާކީ ތިބި ދެ މެންބަރުންނަކީ މިދައުރުގެ މެދުތެރެއިން އިންތިހާބު ކޮށްފައިވާ ދެ މެންބަރުންނަށް ވުމުން ކައުންސިލްގެ ގާނޫނުގައި ބުނާގޮތުން ދެ އަހަރުގެ ދައުރު ހަމަނުވުމުން މި މަގާމުގައި ތިބި މެންބަރުންގެ ބަދަލުގަިއ އިތުރު މެންބަރުން އިންތިހާބުކުރާކަށް ނުޖެހެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް