ads
ހިޔާ ފުލެޓުތަކުގެ ކުލި ބޮޑުކަމަށް ބުނެ ކުރި މުޒާހަރާގެ ތެރެއިން
ހިޔާ ފްލެޓްގެ ކުލީގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި
ހިޔާ ފްލެޓްގެކުލީގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފިއެވެ.

މި މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލީ މައްސަލަ ހުށަހެޅި "ހިޔާ ޔޫނިއަން" އަކީ ހިޔާ ފްލެޓް އެއްބަސްވުމުގެ ބައިވެރިއަކަށް ނުވާތީ އެވެ.

މި މައްސަލަ ހިޔާ ޔޫނިއަން އަށް ދައުވާ ނުކުރެވޭނެ ކަމަށް ބުނެ އިޖްރާއީ ނުކުތާއެއް ނެގީ އެޗްޑީސީންނެވެ.

"ހިޔާ ފްލެޓްތަކުގައި 6،000 އަށް ވުރެ ގިނަ އާއިލާ ދިރިއުޅޭއިރު ކުލި ފަސްކުރުމުގެ ޕެޓިޝަންގައި ސޮއިކުރީ 2،039 މީހުން. ޕެޓިޝަނަކީ ދައުވާ ކުރުމުގެ ހައިސިއްޔަތުން ހިޔާ ޔޫނިއަންއަށް ލިބިދޭ ޕެޓިޝަނެއް ނޫން،" - ސިވިލް ކޯޓް-

ކޯޓުން މިއަދު ބުނެފައިވަނީ އެއްބަސްވުމުގެ ބައިވެރިންނަކީ އެޗްޑީސީ އާއި ފްލެޓް ލިބުނު ވަކިވަކި މީހުން ކަމަށެވެ.

"ދެ ފަރާތެއްގެ ދެމެދުގައި އޮތް އެއްބަސްވުމެއްގެ ތެރެއަށް މަދަނީ ޖަމްއިއްޔާތަކަށް ވަދެވޭ ނަމަ އެއީ ނުބައި ދޮރެއް،" ކަމަށް ވެސް ސިވިލްކުން ބުންޏެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ، ހިޔާ ފުލެޓުތަކަށް ކުލި ނުދައްކާ މީހުން ކުލި ދައްކަން އެޗްޑީސީއިން ވަނީ މިއަދު ލިއުމެއް ފޮނުވާފައެވެ. 

އޭޕްރީލް މަހުން ފެށިގެން ކުލި ނަގަން ފަށައިފައި ވާއިރު، އެޗްޑީސީއާއި ފުލެޓު ލިބުނު ފަރާތްތަކާއި އެކު ވެވުނު އެއްބަސްވުމުގެ ދަށުން ކުލި ނުދައްކާ ފަރާތްތަކަށް އެޗްޑީސީއިން އަންނަނީ މިހާރު ލިޔުން ފޮނުވަމުންނެވެ. އެ ލިއުމުގައި ވާގޮތުން އެއްބަސްވުމުގައި ވާގޮތުގެ މަތިން ނުދައްކާ ހުރި ފައިސާ 30 ދުވަހުގެ ތެރޭ ދައްކަން ޖެހެ އެވެ. 

މައުލޫމާތު ލިބިފައި ވާގޮތުގައި އެއްބަސްވުމާއި އެއްގޮތަށް ފުލެޓުތަކަށް ކުލި ނުދައްކާ ތިބި ބައެއް ފަރާތްތަކުން 20،000 ރުފިޔާ އާއި 15،000 ރުފިޔާ އާއި ދެމެދުގެ އަދަދެއް ޖޫރިމަނާ އާއި އެކު އެޗްޑީސީއަށް ދައްކަންޖެހެއެވެ. 

ހިޔާ ފުލެޓުތަކަށް ދައްކަންޖެހޭ ކުލީގެ އަދަދު އެޗްޑީސީގެ ނަންބަރު 1516 އަށް ގުޅައިގެން ހޯދާލެވޭއިރު، އެޗްޑީސީގެ ޕޭމަންޓު ޕޯޓަލް ކަމަށްވާ "މައި ހުޅުމާލެ" އިން ވެސް ބެލޭނެއެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހުން ފެށިގެން އެ ފުލެޓުތަކުގައި މީހުން ދިރިއުޅެމުން އަންނަ އިރު، މިހާތަނަށް 2000 އަށް ވުރެ ގިނަ އާއިލާއިން އެ ފުލެޓުތަކުގައި އަންނަނީ ދިރިއުޅެމުންނެވެ. 

ހިޔާ ފުލެޓުތަކުގެ ކުލި ދެއްކުން ސަރުކާރުން ވަނީ ހަތް މަސް ދުވަސްވަންދެން ފަސްކޮށްދީފަ އެވެ. އެތައް މަސްތަކަކަށް ކުލި ދެއްކުން ފަސްކޮށްދިނުމަށް ފަހު ހިޔާ ފުލެޓުތަކުން ކުލި ނަގަން އެޗްޑީސީއިން ފެށީ މިދިޔަ އޭޕްރީލް މަހު އެވެ. ކުލީގެ ގޮތުގައި މަހަކު 8500 ރުފިޔާ ދައްކަން ޖެހޭ އިރު އޭގެ ތެރެއިން 1000 ރުފިޔާ އަކީ މެއިންޓެއިނަންސް ފީގެ ގޮތުގައި ނަގާ ފައިސާ އެވެ. 

ކުލީގެ މައްސަލަ އާއި ގުޅިގެން މީގެ ކުރިން އެ ތަނުގައި ދިރިއުޅޭ ބައެއް ފަރާތްތަކުން ވަނީ ނުރުހުން ފާޅުކޮށް އިހުތިޖާޖްވެސް ކޮށްފަ އެވެ. އެހެން ނަމަވެސް އެޗްޑީސީއިން ވަނީ ކުލި ކުޑަކުރެވެން ނެތް ކަމަށް އެ ފަރާއްތަކަށް އަންގާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް