ads
ބޮލީވުޑް ފިލްމުތަކުގެ ފޮޓޯތަކެއް......
ބޮލީވުޑުން ތަފާތު ރަހަތަކެއް
މި އަހަރުވެސް ބޮލީވުޑްގައި ތަފާތު ކޮންސެޕްޓުގެ ފިލްމް ތަކެއްގެ މަސައްކަތް ކުރެވެވުން އެބަދެއެވެ. އެގޮތުން ނިމިފައިވާ ފިލްމް ތަކުގެ ޕޯސްޓާރ ތައްވެސް ސޯސިއަލް މީޑިއާގައި ދައުރުވަމުން އެބަ ދެއެވެ.

2022 ވަނަ އަހަރު ވެގެން މިދަނީ ބޮލީވުޑްއަށް ވަރަށް ކާމިޔާބު އަހަރެއްގެ ގޮތުގައެވެ. މިސާލަކަށް ވެސް ބަލާނަމަ ގަންގޫބައި ބަލަމާހެއެވެ. މުޅިދުނިޔެ ކަހަލަ ގޮތަކަށް މި ފިލްމް ކަމުދިޔައެވެ. ފިލްމްގެ ބަތަލާގެ ބައި ކުޅެފައި ވަނީ ކުޑަ ދުވަސް ކޮޅެއްތެރޭގައި އޭނާގެ ހުނަރު އެކި އެކި ރޯލްތަކުން ދައްކާ ގިނަ ބައެއްގެ ލޯބި ހިހޯދާފައިވާ އާލިޔާބަޓްއެވެ. އާލިޔާއަކީ މިހާރު ގިނަބައެއްގެ ފޭވްރިޓް އެވެ.

ކުރިންވެސް ފާހަގަ ކުރިހެން މި އަހަރު ތަފާތު ފިލް ތަކެއް ކުރިއައް އެބަހުއްޓެއެވެ. އެގޮތުން ފާހަގަ ކޮއްލެވޭ ފިލްމް ތަކުގެ ތެރޭގައި 

ރާކޭސް ރޯށަން ޑައިރެއްޓް ކޮއްފައިވާ ކްރިޝް 4 

ޕްރަމޯދް ކުމާރް ޑައިރެކްޓް ކޮއްފައިވާ ކިކް 2 

ލަކްށޭ ރާޖް އަނަންދް ޑައިރެކްޓް ކޮއްފައިވާ އެޓޭކް ޕާރްޓް 1 ހިމެނެވެ. މީގެ އިތުރުން ވެސް އެތަކެއް ފިލްމް ތަކެއް ކުރިއައް އެބަހުއްޓެވެ.

ފާހަގަ ކޮއްލަން ޖެހޭކަމަކީ ކޮންމެ އަހަރަކުވެސް ބޮލީވުޑް އިން ތަފާތު އާ ތަރިން ތަކެއް އުފެދިގެން އައްނަ ކަމެވެ. އެގޮތުން ފިލްމީ އިންޑަސްޓްރީގައި މަސްހޫރު ބްލޮކްބާސްޓާސްގެ ދަރިންވެސް ހިމެނެއެވެ.

13%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
38%
ވަރަށް ސަލާމް
ކޮމެންޓްސް