ads
ރާއްޖެއަށް ޒިޔާރަތްކުރި ބައެއް ފަތުރުވެރިން
ރާއްޖެ ބޮއިކޮޓް ކުރުމަށް އިންޑިއާ ރައްޔިތުން ގޮވަން ފަށައިފި
އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ އިސް ދެ މެމްބަރަކު ކީރިތި ރަސޫލާ محمد صلى اللّه عليه وسلم އަށް ފުރައްސާރަ ކުރި މައްސަލަ ރާއްޖެއިން ކުށްވެރި ކުރުމުން ރާއްޖެ ބޮއިކޮޓް ކުރުމަށް އެގައުމުގެ ބައެއް ރައްޔިތުން ގޮވަން ފަށައިފި އެވެ.

ބޮއިކޮޓް މޯލްޑިވެސް ހޭޝްޓެގް ބޭނުން ކޮށްގެން ޓުވިޓާގައި އިންޑީއާގެ ގިނަ ބަޔަކު ރާއްޖެއަށް ނައުމަށް ގޮވާލަމުން އަންނަ އިރު، އެ ފަރާތްތަކުން ވަނީ ރާއްޖޭގެ އިތުރުން މުސްލިމު އެއްވެސް ގައުމަކަށް އިންޑިއާ މީހުން ޗުއްޓީ ހޭދަ ކުރަން ނުދިއުމަށް ގޮވާލާފަ އެވެ. 

އިންޑިއާ އަކީ ރާއްޖެއަށް ހުރިހާ ގޮތަކުންވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ގައުމު ކަމަށާއި، އެހެން ނަމަވެސް ރާއްޖެއިން އިންޑިއާ ކުށްވެރި ކުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އެ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އަދި ރާއްޖޭގެ ސަރުކާރުން އިންޑިއާ ކުށްވެރި ކުރި ކުރުން އަނބުރާ ގެންދަން ޖެހޭ ކަމަށްވެސް އެ ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ. 

އިންޑިއާގެ ވެރިކަން ކުރާ ޕާޓީގެ އިސް ދެ މެމްބަރަކު ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ ރާއްޖެއިން ކުށްވެރި ކުރީ މިމަހުގެ ހަވަނަ ދުވަހު އެވެ. އެ ދުވަހު ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ، އިންޑިއާގެ ބީޖޭޕީ ޕާޓީގެ އޮފިޝަލުން އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް މުހާތަބުކޮށް ދައްްކާފައިވާ ވާހަކަ ތަކާމެދު ކަންބޮޑުވާކަމަށެވެ.  

"އިސްލާމް ދީނަށް ފުރައްސާރަކޮށް ވާހަކަ ދައްކާނަމަ އަދި ދީނުގެ އަސާސުތައް އޮޅޭގޮތައް ދައްކާ ކޮންމެ ވާހަކައަކާއި އަދި ކުރާ ކޮންމެ ކަމަކާ ދިވެހި ސަރުކާރު ދެކޮޅުވާނެ،" ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

 އެ އޮފިޝަލުންނާމެދު ފިޔަވަޅު އަޅާފައިވާތީ އެކަމަށް ސަރުކާރުން ވަނީ އިންޑިއާ ސަރުކާރަށާއި ބީޖޭޕީއަށް މަރުހަބާ ވެސް ކިޔާފައެވެ.  

ދިވެހި ސަރުކާރުން އިންޑިއާގެ ވެރިކަން ކުރާ ޕާޓީގެ ދެ މެމްބަރަކު ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ ކުށްވެރިކޮށް ބަޔާނެއް ނެރުނީ، ރާއްޖެއިން އެ މައްސަލަ ކުށްވެރި ނުކުރާކަމަށް ބުނެ ގިނަ ބަޔަކު ސަރުކާރަށް ފާޑުކިޔަމުން ގެންދަނިކޮށެވެ. 

29%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
43%
ވަރަށް ސަލާމް
ކޮމެންޓްސް