ads
ގާސިމް އިބްރާހިމް
ޖޭޕީން 2023ގައި ވާދަކުރާނެކަން އިއުލާންކޮށްފި
މިވަގުތު ސަރުކާރުގެ ކޯލިޝަނުގައި އޮތް ޖުމްހޫރީ ޕާޓީ(ޖޭޕީ) އަންނަ 2023ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރާނެކަން އިއުލާންކޮށްފި އެވެ.

އެ ޕާޓީގެ ތަރުޖަމާން އަލީ ސޯލިހު "ސީއެންއެމް" އަށް ވިދާޅުވީ، 2023ގައި އެ ޕާޓީން ވާދަކުރާނެ ކަމަށެވެ. ނަމަވެސް ވާދަކުރާނީ ގިނަކަންޏާ ނުވަތަ ކޯލިޝަނުގައި އޮވެގެން ކަމާއިމެދު ގޮތެއް ނުނިންމާ ކަމަށް ވިދާޅުވިއެވެ. 

"އަޅުގަނޑުމެން 2023ގައި ވާދަކުރާނަން. އެކަމަކު ވާދަކުރާނީ އިންޑިވިޖުއަލީތޯ ނުވަތަ ކޯލިޝަނުގައި ތިބެގެންތޯ އަދި ނުނިންމަން" އަލީ ވިދާޅުވިއެވެ. 

އަންނަ  އިންތިހާބުގައި ވާދަކުރާނެކަމަށް ޖޭޕީން ބުނިއިރު، އެންމެ ފަހުން ރައީސް ސޯލިހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ އެމްޑީޕީން 2023ގައި ވާދަކޮށް ކާމިޔާބުވާނީ ކޯލިޝަނުގައި އޮވެގެންކަމަށް ވިދާޅުވެފަ އެވެ. 

ނަމަވެސް މީގެ ކުރިން ޖޭޕީން ބުނެފައިވަނީ، 2023ގައި އެއްވެސް ޕާޓީއަކާއި ކޯލިޝަން ހެދުމުގެ ވިސްނުން އެޕާޓީން ނުގެންގުޅޭ ކަމަށެވެ. 

އަދި މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ޖޭޕީން ބޭއްވި ޖަލްސާ އެއްގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ވިލިފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދު ވަނީ، 2023 ވަނަ އަހަރުގެ ވެރިކަން ކާމިޔާބު ކުރުމަށް ޖުމްހޫރީ ޕާޓީ ފުޅާ ކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެކި ހަރަކާތްތައް ހިންގަމުން އަންނަ ކަމަށެވެ. 

މީގެ އިތުރުން އެ ޖަލްސާގައި އޭނާ ވަނީ، ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ ވާދަކޮށް ރާއްޖޭގައި ވެރިކަން ކުރާނެ ޕާޓީ އަކަށް ޖުމްހޫރީ ޕާޓީ ވާނެ ކަމަށާއި، ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގައުމުގެ ރައީސް ކަމަށް އިންތިހާބު ވެެއްޖެ ނަމަ ގައުމު އުފާކުރާނެ ކަމަށެވެ. 

 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް