ads
ފައިނުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ކުރަނީ-- ފޮޓޯ: ޕްލޭނިން މިނިސްޓްރީ
ޕީއެސްއައިޕީ މަޝްރޫއުތައް ކައުންސިލްތަކާ ހަވާލުކުރަންޖެހޭ އުސޫލެއް އާންމުކޮށްފި
ކައުންސިލްތައް ބާރުކުރެވިކުރުމަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ރަށްތަކާއި ސިޓީތަކުގެ ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ކައުންސިލްތަކާއި ގުޅިގެން ހިންގަންޖެހޭ ގޮތަށް އުސޫލެއް ފިނޭންސް މިނިސްޓްރީން އާންމުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ނެރެފައިވާ ސާކިއުލާއެއްގައިވާ ގޮތުން ރަށްރަށުގައި އިދާރާތަކުން ހިންގާ ޕީއެސްއައިޕީ ޕްރޮޖެކްޓަކީ ފަސް މިލިއަން ރުފިޔާއަށް ވުރެ ކުޑަ ޕްރޮޖެކްޓެއްކަމަށްވާނަމަ އެ ޕްރޮޖެކްޓެއް ހަވާލުކުރަން ޖެހޭނީ އެ ރަށެއްގެ ކައުންސިލަކާ އެވެ. އަދި އެއް އަތޮޅެއްގެ އެއް ރަށަކަށް ވުރެ ގިނަ ރަށްތަކުގައި ޕީއެސްއައިޕީ ޕްރޮޖެކްޓް ހިންގާނަމަ އެ ޕްރޮޖެކްޓެއް ހަވާލުކުރަން ޖެހޭނީ އަތޮޅު ކައުންސިލަށް ކަމަށް ވެސް އޭގައި ވެއެވެ.

ފިނޭންސް މިނިސްޓްރީގެ ސާކިއުލާގައި އިތުރަށް ބުނެފައި ވަނީ ސިޓީ ކައުންސިލްތަކާއި ހަވާލުކުރާ ޕީއެސްއައިޕީ ޕްރޮޖެކްޓަކީ އިދާރާއަކުން ހިންގާ ޕްރޮޖެކްޓްތަކުގެ ތެރެއިން 15 މިލިއަނަށް ވުރެ ކުޑަ ޕްރޮޖެކްޓްތައް ކަމަށެވެ. އެކަމަކު އިދާރާއަކުން ކަނޑައަޅާ އުސޫލުތަކުގެ ދަށުން އެ ޕްރޮޖެކްޓަކީ 15 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ޕްރޮޖެކްޓެއް ނަމަވެސް ހަވާލުކުރެވިދާނެ ކަމަށް އޭގައި ވެއެވެ.

ސާކިއުލާގައި ބުނީ ކައުންސިލާ ހަވާލުކުރާ ޕްރޮޖެކްޓްތައް ހިންގުމަށް އެ ކައުންސިލަކުން ކޮންޓްރެކްޓް މެނޭޖަރެއް ނަގަން ޖެހޭ ކަމަށާއި އެގޮތުން އެ ޕްރޮޖެކްޓެއްގެ މަސައްކަތް ހިނގާ ގޮތް ބެލުމާއި ކޮންމެ މަހަކު އެކަމުގެ ރިޕޯޓް ޕޯޓަލްއަށް އެޅުމަކީ އެ މެނޭޖަރެއްގެ ޒިންމާއެއް ކަމަށެވެ.

އިދާރާތަކުން ހިންގާ ޕްރޮޖެކްޓްތައް ކައުންސިލްތަކާއި ހަވާލުކުރުމަށް ފަހު އެ ޕްރޮޖެކްޓަކަށް ކަނޑާއަޅާ ބަޖެޓް ކައުންސިލުގެ ބަޖެޓަށް ބަދަލުކުރާ ގޮތަށް ހަމަޖައްސާފައިވާއިރު އެ ބަޖެޓަކުން ހަމައެކަނި ހަރަދުކުރަން ޖެހޭނީ ކަނޑައެޅިފައިވާ ޕްރޮޖެކްޓަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް