ads
ލަވައިގެ ޓީޒާއެއް
އިންޑިއާގެ މަޝްހޫރު ލަވަކިއުންތެރިޔާ ޝާން އާއެކު ބޮލީވުޑުގެ ލަވައަކުން އުނޫޝާ!
އިންޑިއާގެ މަޝްހޫރު ލަވަކިއުންތެރިޔާ ޝަންތަނު މުކަރްޖީ(ޝާން) އާއި ރާއްޖޭގެ މަޝްހޫރު ލަވަކިއުންތެރިއާ މަރިޔަމް އުނޫޝާ އާއެކު ކިޔާފައިވާ މި ލަވަ މިހާރު ވަނީ ޔޫޓިއުބުގައި އާއްމުކޮށްފަ އެވެ.

"ދިލް އުޅެޔާ" މިލަވަ ޝޫޓުކޮށްފައިވަނީ ރާއްޖޭގެ ހިތްގައިމު މާހައުލުގައި "ބީޗު ވައިބް" ފެންނަ ގޮތަށެވެ. އެ ލަވައިގެ ޓީޒާ އާއެކު ޝާން އޭނާގެ ސޯޝަލް މީޑިއާގައި ބުނެފައިވަނީ ދިރިއުޅުން ބިނާވަނީ މުޅިންވެސް "ލިބިހުރި ހިދުކޮޅުގައި ދިރިއުޅެ، "ގުޑް ވައިބްސް" ފެތުރުމަށް ކަމަށެވެ.

ޝާން މި ލަވައާއި ބެހޭގޮތުން ބުނެފައިވަނީ، އުނޫޝާ މި ލަވަ ހުށަހަޅައިދިންލެއް ފުރިހަމަކަމުން ހައިރާންވި ކަމަށެވެ.

މިލަވައަކީ ހިންދީ ލަވައެއް ނަމަވެސް، މިއުޒިކް ބޭންޑުގެ ގޮތުގައި ހަރަކާތްތެރިވަނީ ދިވެހި ބޭންޑެކެވެ. އަދި ލަވައިގެ ވަކި ހިސާބެއްގައި ދިވެހި ކަޑިއެއްވެސް ހިމެނިފައިވެއެވެ. މިލަވަ ޝޫޓުކޮށްފައިވަނީ ކްރޮސްރޯޑްގައެވެ. 

އުނޫޝާ މީގެ ކުރިންވެސް ވަނީ ބޮލީވުޑުގެ "ޖިސްމު 2" އަށްވެސް ލަވައެއް ކިޔާދީފަ އެވެ. 

އަދި އިންޑިއާގެ މަޝްހޫރު ލަވަކިއުންތެރިއަކާއިއެކު ދިވެހި ފަންނާނަކު ލަވައެއް ޝޫޓުކުރި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މަޝްހޫރު ލަވަކިއުންތެރިއާ މީރާ މުހައްމަދު ވެސް ވަނީ މީގެ ކުރިން މިގޮތަށް ލަވައެއްގައި ހަރަކާތްތެރިވެފަ އެވެ. ނަމަވެސް އެއީ ދިވެހި ލަވައެކެވެ. 

78%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
22%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް