ads
ކުރިން އާޓިފިޝަލް ބީޗުން ފެނުނު ހަތިޔާރުތަކެއް-- ފޮޓޯ: ފުލުހުން
ތޫނު ހަތިޔާރާއެކު ކުޑަ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
ގޭގައި ތޫނު ހަތިޔާރު ގެންގުޅުނު ކުޑަ ކުއްޖަކު ދެކުނުގެ ރަށަކުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީ ހިމެނޭ ސައުތު ޕޮލިސް ޑިވިޝަންގެ ރަށެއްގައި ކުއްޖަކު ތޫނު ހަތިޔާރު ގެންގުޅޭ ކަމުގެ މައުލޫމާތު ލިބިގެން އެކުއްޖާ ދިރިއުޅޭ ގޭ މިއަދުގެ ވަގުތެއްގައި ފުލުހުން ބަލައި ފާސްކޮށްފައިވާ ކަމަށެވެ. 

އެެގޮތުން ހަތަރު ވަޅި އާއި ހޮޅިބުރިއެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖެކެވެ.

ފުލުހުން ބުނީ އެމައްސަލަ ފުލުހުން އިތުރަަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

މި މައްސަލައިގައި ހިމެނޭ ކުއްޖާގެ ރަށް ފުލުހުން ހާމަކޮށްފައި ނުވަނީ ކުޑަ ކުދިން ހިމެނޭ މައްސަލަތަކުގައި އެކުދިންގެ އައިޑެންޓިޓީ ރައްކާތެރިކުރުމަށް ކަމަށް ވެސް ފުލުހުން ބުނެ އެވެ.

0%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް